ދިވެހިރާއްޖެ
ނަންބަރު: IAS/MIS/2025/2775
ޢިއުލާން
މިކުންފުނީގައި ބޭނުންކޮށްފައިހުރި 40 ފޫޓޫގެ 2 ކޮންޓެއިނަރާއި އެއާކްރާފްޓް ޓަޔަރތަކެއް ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީ، މިތަކެތި ނީލަން ކިއުން 24 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ވެލާނާއިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހުންނަ މިކުންފުނީގެ އިންޖިނިއަރިންގ ހެންގަރުގައި އޮންނާނެއެވެ.
މި ނީލަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އޮންނަ ނީލަމަކަށްވާތީ، އެއަރޕޯރޓު ފާސްހެދުމަށްޓަކައި، މިނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގެ ރިސެޕްޝަނަށް އައި.ޑީ.ކާޑު ކޮޕީ އެބޭފުޅަކާއި ގުޅޭނެ ނަމްބަރެއް ޖެއްސެވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި މެއިލް ކުރައްވާ ބޭފުޅުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
