މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމާއި ގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލުން 11 ވަނަ މާއްދާގެ (ޅ) އާ އެއްގޮތްވާ ގޮތުގެ މަތީން ޢާއްމު އުސޫލުގެ ދަށުން 2024 ވަނަ އަހަރު ފިޠުރު ޒަކާތަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ރިވިއުކުރުމަށްޓަކައި "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްރަކުގެ ޙާލަތު ދެނެގަންނަ ފޯމް" ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އަދި މި މުއްދަތުގައި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް އުސުލުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙާލަތު ރިވިއު ކުރަންޖެހޭތީ މި ފަރާތްތަކުގެ ޙާލަތު ރިވިއު ކުރުމަށްއެދި ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

  • އާއިލާގައި ހިމެނޭ (ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ) ފިރިހެން ދަރިއަކަށް 01 ޖަނަވަރީ 2025 އިން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް 18 އަހަރުވުން
  • އާއިލާގައި ހިމެނޭ ފަރާތްތަކަށް 01 ޖަނަވަރީ 2025 އިން ފެށިގެން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް 65 އަހަރު ފުރުން.

ވީމާ، ޙާލަތު ދެނެގަންނަ ފޯމު 2025 ޑިސެމްބަރ 61 ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަތުން 2025 ޑިސެމްބަރ 16 ން 2025 ޑިސެމްބަރ 24 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އަދި މި މުއްދަތުގެ ފަހުންވެސް އެއްވެސް ފަރާތެއްގެ ޙާލަތަށް ބަދަލެއް އަތުވެއްޖެނަމަ ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

                    މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ޑިސެންބަރު 2025
ހޯދާ