ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކުރަން ހުރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކުރަން ހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 16 ޑިސެމްބަރ 2025 އިން 20 ޑިސެމްބަރ 2025 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://docs.google.com/forms/d/19xNjyjNjO5yAWfRN12MoqMfO1m5x6FhKiL9Fa3zIk5Y
މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 24 ޑިސެމްބަރު 2025 ވާ ބުދަ ދުވަހުގެ 10:00ގައިމުޙްޔިއްދީން ސްކޫލުގެ މީޓިންގް ރޫމްގައެވެ.
ޕްރީ-ބިޑް މީޓިންގ އޮންނާނީ 20 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 12:00 ގައި މުޙްޔިއްދީން ސްކޫލުގައެވެ.
މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މުޙްޔިއްދީން ސްކޫލް
މާލެ
ފޯން: 7552792
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
25 ޖުމާދުލްއާޙިރް 1447
16 ޑިސެމްބަރު 2025
