މާލެއަތޮޅު ގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު ކ.ގުރައިދޫ ސްކޫލް ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކާ ކުރަންޖެހޭ މަރާމާތުތައް ކުރުމާގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކ.ގުރައިދޫ ސްކޫލް ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކާ ކުރަންޖެހޭ މަރާމާތުތައް ކުރުމާގުޅޭ

 

ކ.ގުރައިދޫ ސްކޫލް ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކާ ކުރަންޖެހޭ މަރާމާތުތައް ( ކުލާސްރޫމްތަކުގެ ބޮޑުދޮރު، ކުޑަދޮރުތައް އަދި ފެންލައިޓްތައް ) ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ،  މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ  ފަރާތްތަކުން ތިރީގައި  މިދަންނަވާ  ތާރީޚަށް މިސްކޫލަށް ދުރުވެ  މަޢުލޫމާތު  ދިނުމުގެ  ސެޝަންގައި  ބައިވެރިވެލެއްވުމަށްފަހު،  ކަނޑައެޅިފައިވާ ގަޑިއަށް  އަންދާސީ ހިސާބު  ހުށަހެޅުއްވުމަށް  ސްކޫލުގެ އިދާރާއަށް  ދުރުވެދެއްވުން  އެދެމެވެ.  މިކަމަށް  އެދި  ހުށަހަޅުއްވާ  ސިޓީއުރައިގެ ބޭރުގައި  " ކ.ގުރައިދޫ ސްކޫލް ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކާ ކުރަންޖެހޭ މަރާމާތުތައް ކުރުމާގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

 ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލު ކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

     

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެންބަރ 16 ން 18ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި ބުނެފައިވާ މައުލޫމާތު ބޭނުންވާނެއެވެ.

  • ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރާ ފަރާތުގެ މައުލޫމާތު
  • މުއާމަލާތް ކުރާނެ ފަރާތެއްގެ މައުލޫމާތު
  • އައި.ޑީ.ކާޑު ނަންބަރ
  • ގުޅޭނެ ފޯން / މޯބައިލް ނަންބަރު
  • މައުލޫމާތު ހިއްސާކުރާނެ އީމެއިލް އެޑްރެސް

  ނަން ރަޖިސްޓްރީ ތިރީގައިވާ ގޫގުލް ފޯމް ފުރުން އެދެމެވެ.

https://forms.gle/vS8WqqVkTMViCc7J7

 

 

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތުދިނުމުގެ ސެޝަން

ކ.ގުރައިދޫ ސްކޫލް

21 ޑިސެންބަރ 2025

އާދިއްތަ

13:00

ބިޑް ހުށައެޅުން

ކ.ގުރައިދޫ ސްކޫލް

22 ޑިސެންބަރ 2025

ހޯމަ

13:00

 

      

 އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މި ބިޑަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ އެފަރާތުގެ މައުލޫމާތު އަންގައިދޭ ސިޓީއަކާއި އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީއެއް ގެންނަންވާނެއެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމުގައި ދަންނަވަމެވެ. އަދި މި އިޢުލާނަށް އެއްފަރާތަކުން ކުރިމަތިލީ ކަމުގައިވީނަމަވެސް ޝަރުތު ހަމަވާކަމުގައި ވާނަމަ އެފަރާތަކާ އެމަސައްކަތް ހަވާލްކުރެވޭނެ ކަމުގައިދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ގޮތުގެމަތިން މި ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

ކ.ގުރައިދޫ ސްކޫލް

ކ.ގުރައިދޫ

އީ.މެއިލް:  [email protected]

16 ޑިސެންބަރު 2025
ހޯދާ