މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމުތައް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް

ކުލާސްރޫމުތައް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް

  1. މި ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިސުކޫލުގެ ކުލާސްރޫމުތައް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 ޑިސެންބަރު 16 ން 2025 ޑިސެންބަރު 21 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00  ން މެންދުރުފަހު 14:00 ށް މިސްކޫލަށް ދުރުވެ ނުވަތަ ގޫގުލް ފޯރމް މެދުވެރިކޮށް ބިޑްރަޖިސްޓަރީ ކުރެއްވުންއެދެމެވެ.

4- މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ 2025 ޑިސެންބަރު 23 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00ގައި މިސްކޫލުގައެވެ.

5- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2025 ޑިސެންބަރު 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

6- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގައިމި ސްކޫލުގައެވެ.

7- މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- ނަން: އަލިފުށީ ސްކޫލް

- ފޯން: 9920802

- އީމެއިލް: [email protected]

ބިޑް ރަޖިސްޓްރޭޝަން ފޯމު:https://docs.google.com/forms/d/e/1FAIpQLSehi40MeNmi-Lbyhs2FS-pPD92vCrq87Fa2u9ld-zsb6Im7tA/viewform?usp=publish-editor

 

16 ޑިސެންބަރު 2025
ހޯދާ