ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކުރަން ހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކުރަން ހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން:

  • ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލްގެ ސީލިންގ ގެ އަދި ދޮރުތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  • މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  • މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެންބަރު 15  ން 2025 ޑިސެންބަރު 22 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/4S8ke4CjhpyhQAKD6
  • މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރު 22 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 23 ވަނަ ދުވަހުގެ 11:00ގައިނޮޅިވަރަމު ސްކޫލްގެ ލައިބްރަރީގައެވެ.
  • މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  • މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޮޅިވަރަމު ސްކޫލް

އަމީނީމަގު، ހދ.ނޮޅިވަރަން ، ދިވެހިރާއްޖެ.

ފޯން:  6520555

އީ-މެއިލް: [email protected]

                                                   

15 ޑިސެންބަރު 2025
ހޯދާ