ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ނަންބަރު: GS12-P/2025/02
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވ. އަތޮޅު މަދަރުސާގެ 6 ކްލާސްރޫމް ހޯލާއި، ސްޓާފްރޫމާއި، އެޑްމިން އިމާރާތާއި، ލައިބްރަރީގެ ސީލިންގް މަރާމާތުކުރުމާއި ކްލާސްރޫމްތަކުގެ ބޮޑުދޮރުތައް މަރާމާތުކޮށް ޑޯކްލޯޒަރ ހަރުކުރުން
- މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަދަރުސާގެ 6 ކްލާސްރޫމް ހޯލާއި، ސްޓާފްރޫމާއި، އެޑްމިން އިމާރާތާއި، ލައިބްރަރީގެ ސީލިންގް މަރާމާތުކުރުމާއި ކްލާސްރޫމްތަކުގެ ބޮޑުދޮރުތައް މަރާމާތުކޮށް ޑޯކްލޯޒަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2025 ޑިސެމްބަރު 15 އިން 2025 ޑިސެމްބަރ 17 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ވ.އަތޮޅު މަދަރުސާއަށް ގުޅުއްވައިގެން،ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
4. މި ބީލަމާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރު 18 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވ.އަތޮޅު މަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ،ވެރިފަރާތުގެ ސިޓީއެއް އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑިކާޑް ގެންނެވުން އެދެމެވެ.
6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެމްބަރު 22 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މަދަރުސާގައެވެ.
ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ވ. އަތޮޅު މަދަރުސާގެ 6 ކްލާސްރޫމް ހޯލާއި، ސްޓާފްރޫމާއި، އެޑްމިން އިމާރާތާއި، ލައިބްރަރީގެ ސީލިންގް މަރާމާތުކުރުމާއި ކްލާސްރޫމްތަކުގެ ބޮޑުދޮރުތައް މަރާމާތުކޮށް ޑޯކްލޯޒަރ ހަރުކުރުން." މިހެން ލިޔެފައި އޮންނަންވާނެއެވެ.
ނަން ނޯޓްކުރުމާއި ، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވ.އަތޮޅު މަދަރުސާ
ފޯނު ނަމްބަރު: 6700025
މޯބައިލް: 9630523
އީ-މެ އިލް: [email protected]
