ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތިމަރަދޫ އެންމެފަހުން ބޭނުންކުރި އިންޖީނުގެ ހުރި ޢިމާރާތް ނީލަން ކިއުން:

މަތިމަރަދޫ އެންމެފަހުން ބޭނުންކުރި އިންޖީނުގެ ހުރި ޢިމާރާތް ނީލަން ކިއުން:

      މަތިމަރަދޫ އަވަށުގެ ކުރީގެ އިންޖީނުގެ ޢިމާރާތް ރޫޅާލައި، އެ ސަރަޙައްދު ކުޅިވަރު ބިމެއްގެ ގޮތުގައި ތަރައްޤީކޮށް، އެތަނުގައި ބަށިކޯޓެއް ޤާއިމުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

       ވީމާ، މި ޢިމާރާތް ތަޅާލުމުގެ ކުރިން، ޢިމާރާތުގެ ފުރާޅުގެ ޓިނާއި، މަތިވަޑާންގަނޑު އަދި ދޮރުތައް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން އޮންނާނީ 23 ޑިސެމްބަރ 2025 (އަންގާރަ) ދުވަހު 10:00 ގައެވެ. ނީލަން ކިޔުން އޮއްނާނީ އެޢިމާރާތް ހުރި ތަނުގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ނީލަން ކިޔާނީ އެއް އައިޓަމެއްގެ ގޮތުގައެވެ.

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:

  • ނީލަމުގައި ބައިވެރިވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ.ކާޑު) ނުވަތަ ރަސްމީ އެހެން ލިޔުމެއް ގެންނަންވާނެއެވެ.
  • ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތި ބެލުމުގެ ފުރުސަތު، ނީލަން ފެށުމުގެ 10 މިނެޓް ކުރިން ދެވޭނެއެވެ.
    • ނީލަން ކާމިޔާބު ކުރާ ފަރާތުން، ނީލަން ނިމުމާއެކު އެދުވަހު ރަސްމީ ގަޑި ނިމުމުގެ ކުރިން ފައިސާ ދައްކައި ނިންމަންވާނެއެވެ.
    • ނީލަން ކާމިޔާބު ކުރާ ފަރާތުން، 07 (ހަތެއް) ދުވަހުތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނުގެންގޮސްފިނަމަ އިމާރާތް ތަޅާލައި ތަކެތި އުކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް އަނބުރާ ފައިސާއެއް ނުދެވޭނެއެވެ.
    • ނީލަމުގައި ބައިވެރިވާއިރު، އެއްވެސް ފަރާތަކަށް އުނދަގޫވާފަދަ އަމަލެއް ނުވަތަ ނޭދެވޭ ވާހަކަ ދެއްކުން މަނާވާނެއެވެ.
    • ނީލަން ކިޔަން ހަމަޖެހިފައިވާ އިމާރާތް ހުންނާނީ މަތިމަރަދޫ ވޮލީކޯޓް، ފުޓްސަލް ދަނޑު ހިމެނޭ ބިމުގައެވެ.
    • ނީލަން ފެށޭއަގު -/5000 (ފަސްހާސް) ރުފިޔާއެވެ. އަދި އިތުރުކުރެވޭނީ ފަހަރަކު -/100 (ސަތޭކަ) ރުފިޔާއިންނެވެ.
    • ނީލަން ފެށުމުގެ 30 މިނެޓް ކުރިން ނީލަމުގައި ރަޖިސްޓްރީ ވާންވާނެއެވެ. ނީލަމުގައި ރަޖިސްޓްރީވުމަށް ނަންނޯޓް ކުރާނީ ނީލަން ކިޔާ ޢިމާރާތް ކައިރީގައި އެދުވަހު 9:30 ން 10:00 އަށެވެ.

     ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

15 ޑިސެންބަރު 2025
ހޯދާ