ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސުކޫލުގެ އެއަރކަންޑިޝަންކުރުމަށް ކުރަންޖެހޭ މަރާމާތު ކޮށްދޭން ފަރާތެއް ހޯދުމަށް ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.
ވީމާ،މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 24 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މި ސުކޫލް އޮފީހުގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.
ފޯން: 6800013
އީ-މެއިލް: [email protected]
ކޮޕީ އީމެއިލް: [email protected]
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.
ފޯން: 6800013
އީ-މެއިލް: [email protected]
