އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ކައުންުސިލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

އިޢުލާން

 

 

 

             މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:15 ގައި  މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ ބިޑް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެދެއްވުން އެދެމެވެ. މި އިޢުލާނާއެކު މި މަސައްކަތުގެ މަޢުލޫމާތު ޝީޓު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މަޢުލޫމާތު ޝީޓަށް ރިޢާޔަތްކޮށް އިސްވެދެންނެވުނު ގަޑީގައި ބިޑު ކެނޑުން ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި އޮންނާނެއެވެ.

އަގު ހުށަހަޅަންވީ ގޮތް

  1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  3. 3.      ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލް

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-          އަގު 0

  1. ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އެންގޭނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން.

މި އިއުލާނާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9880254 އަށެވެ. 

15 ޑިސެންބަރު 2025
ހޯދާ