މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިވިލް ސޮސައިޓީ ޕާލިމެންޓަރީ ނެޓްވޯކްގައި ބައިވެރިވުމަށް އެދޭ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ފޮނުވާ ދައުވަތު

ރައްޔިތުންގެ މަޖްލިސްއިން 2025 ޑިސެމްބަރު 14 ވަނަ ދުވަހު ފޮނުވާ ފައިވާ ސިޓީއާއި ހަވާލާދީ ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހާއި ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޯރ ޑިމޮކްރަސީ (ޑަބްލިޔު.އެފް.ޑީ) ގުޅިގެން ހިންގާ ސިވިލް ސޮސައިޓީ ޕާލިމެންޓަރީ ނެޓްވޯކް (ސީ.އެސް.ޕީ.އެން) ގައި ރަށަށް ނިސްބަތްވާ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތައް ބައިވެރިވުމަށް ވަނީ ދައުވަތު ލިބިފައެވެ. މި ނެޓްވޯކްއަކީ މަދަނީ ޖަމުޢިއްޔާތަކާއި ރައްޔިތުންގެ މަޖިލީހާ ދެމެދުގައި ހަރުދަނާ އަދި ދެމިހެއްޓެނިވި ގުޅުމެއް ބިނާކުރުމަށް ޚާއްސަކުރެވިފައިވާ މަންސައެކެވެ. ސީ.އެސް.ޕީ.އެންގެ މަޤސަދަކީ ސިޔާސަތުތަކާ ގުޅުންހުރި މަޝްވަރާތައް އިތުރުކުމާއި ޤާނޫނު ހެދުމުގެ މަސައްކަތް ގިނަ ފަރާތްތަކެއްގެ ބައިވެރިވުން އެކުލެވޭގޮތަށް ކުރިއަށް ގެންދިއުމާއި، ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ހިޔާލުތައް މި މަސައްކަތުގެ ތެރެއިން ބަލައިގަންނަކަން ކަށަވަރުކުރުމެވެ.

ސީ.އެސް.ޕީ.އެންގައި ބައިވެރިވުމުގެ ފައިދާތައް:

  1. ރައްޔިތުންގެ މަޖިލީހައި އޮންނަ ގުޅުން ބަދަހިވުން: މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޮމިޓީތަކާ ސީ.އެސް.ޕީ.އެން މެދުވެރިކޮށް ބައްދަލުކޮށް، ޤާނޫނީ އަދި ސިޔާސަތުގަކާ ގުޅޭ ކަންކަމުގައި އެ ޖަމުޢިއްޔާތަކުގެ އިލްމީ މައުލުމާތާއި،، ކަންބޮޑުވުންތައް އަދި ހުށަހެޅުންތައް ހިއްސާކުރުމުގެ އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.
  2. މަދަނީ ޖަމުޢިއްޔާތަކުގެ ބައިވެރުވުން އިތުރުކޮށް އަޑު އިއްވުން: މި ބައިވެރިވުމުގެ ތެރެއިން މުހިންމު މައުޟޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމާއިރު، ހެކިތަކުގެ މައްޗަށް ބިނާކޮށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު މަދަނީ ޖަމުޢިއްޔާ ޖަމާޢައްތަކަށް ލިބިގެންދާނެއެވެ.
  3. ގުޅިގެން މަސައްކަތްކުރުމާއި ގުޅުން ބަދަހިކުރުން: ސީ.އެސް.ޕީ.އެންއަކީ ތަފާތު ދާއިރާތަކުހެ މަދަނީ ޖަމުޢިއްޔާތައް ބައިވެރިކުރާ މަންސައެކެވެ. މިއީ އެއްބަޔަކު އަނެއްބަޔަކަށް ކަންކަން ދަސްކޮސްދިނުމާއި، ގުޅުން ބަދަހިކުރުމާއި، ޤައުމީ މައްސަލަތަކުގައި ވަކާލާތުކުރުމަށް ޖާގަ ހޯދައިދޭނެ ކަމެކެވެ.

      މި ފޯރަމަކީ، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ރައްޔިތުންގެ މަޖިލީހާ ދެމެދު މަޝްވަރތައް ކުރިއަށްގެންދާ ޤައުމީ މަންސައެކެވެ.

ވީމާ، ދެންނެވިފައިވާ ނެޓްވޯކްގައި ބައިވެރިވުމަށް ޝައުގުވެރިވާ މަދަނީ ޖަމުޢިއްޔާތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.

ރަޖިސްޓްރީ ވުމަށް އެދޭ ފޯމް: https://majlis.gov.mv/dv/cspn-registration-form

15 ޑިސެންބަރު 2025
ހޯދާ