ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓު ރިނޮވޭޝަން (ދ.އަތޮޅު މަދަރުސާގެ 8 ކްލާސްރޫމްގައި މިހާރު ހަރުކުރެވިފައިވާ ސީލިންގް ނައްޓައި އަލުން ސީލިންގްކުރުމާއި ކްލާސްރޫމް ތަކުގައި ހަރުކުރެވިފައިވާ (ފީވެފައިވާ) 22 ލަކުޑިދޮރު ނައްޓައި އެލްމިނިއަމްދޮރަށް ބަދަލުކުރުން.)

ކޫލް ސްކޫލް ޕްރޮޖެކްޓު ރިނޮވޭޝަން (ދ.އަތޮޅު މަދަރުސާގެ 8 ކްލާސްރޫމްގައި މިހާރު ހަރުކުރެވިފައިވާ ސީލިންގް ނައްޓައި އަލުން ސީލިންގްކުރުމާއި ކްލާސްރޫމް ތަކުގައި  ހަރުކުރެވިފައިވާ (ފީވެފައިވާ) 22 ލަކުޑިދޮރު ނައްޓައި އެލްމިނިއަމްދޮރަށް ބަދަލުކުރުން.)

 

ކޫލް ސްކޫލް ޕްރޮޖެކުޓު ރިނޮވޭޝަންގެ ދަށުން ބިޑްފޮތުގައި ދީފައިވާ މަސައްކަތާއި،މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

       މި ބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރަތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15  ޑިސެމްބަރ2025 އިން 18ޑިސެމްބަރ2025 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13.00އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ، ފޯނު ނަންބަރ، އީމެއިލް އެޑްރެސް ފޮނުއްވުން އެދެމެވެ.

މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025  ޑިސެމްބަރ 21 ދުވަހުގެ 00.11 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  2025ޑިސެމްބަރ 25  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. އަދި މިއިއުލާނާއެކު މިމަސައްކަތާގުޅޭ މައުލޫމާތުޝީޓާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.

ނޯޓް: ބީލަމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

 ދ.އަތޮޅު މަދަރުސާ

 ފޯނު ނަންބަރ: 7952915

 އީމެއިލް: [email protected]

15 ޑިސެންބަރު 2025
ހޯދާ