ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމަތަކާއި، އަދި ދޮރާއި ދޮރުފަތްތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުރުން

 

                      

 ހިދާޔާ ސްކޫލް

  ނ.މިލަދޫ

ނަމްބަރު:GS116(IUL) /2025/044

އިޢުލާން

 

ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމަތަކާއި، އަދި ދޮރާއި ދޮރުފަތްތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުރުން

                 ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމަތަކާއި، އަދި ދޮރާއި ދޮރުފަތްތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

                    މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ 

(ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

                ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ބިޑް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.        

ތަފްޞީލް

ތާރީޚް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން

15 ޑިސެމްބަރ 2025 ން 16 ޑިސެމްބަރ 2025 ށް

8:00 -14:00

ހިދާޔާސްކޫލް

މަޢުލޫމާތު ސާފުކުރުން           

17 ޑިސެމްބަރ 2025

13:30

ހިދާޔާސްކޫލް

ބިޑު ހުށައެޅުން

23 ޑިސެމްބަރ 2025

13:30

ހިދާޔާސްކޫލް

 

              ބީލަމާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައިދެންނެވީމެވެ. 

              މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލް ކުރެއްވޭނީ އެއްފަރާތެވެ.

              ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.

              އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ފޯން:  6560572

ފެކްސް: 6561801

އީމެއިލް: [email protected]

25  ޖުމާދުލްއާޚިރާ 1447

15 ޑިސެމްބަރ   2025                                                              

 

  

                                                                      

15 ޑިސެންބަރު 2025
ހޯދާ