ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކްލާސްރޫމްތަކުގެ ބައެއް މަރާމާތުތައްކޮށްދޭނޭ ފަރާތެއް ހޯދުމަށް.

އިޢުލާން   

 

ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކްލާސްރޫމްތަކުގެ ބައެއް މަރާމާތުތައްކޮށްދޭނޭ ފަރާތެއް ހޯދުމަށް.

 

             މިސްކޫލްގެ ކުލާސްރޫމްތަކާއި ހޯލްގެ ސީލިންގގެ އަދި ކުލާސްރޫމްތަކުގެ ދޮރުތައް އަދި ޕާޓިޝަންތައް މާރާމާތުކުރުމަށް ބޭނުންވެއެވެ.

             ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެމްބަރ 2025ވަނަ ދުވަހުން ފެށިގެން 21 ޑިސެމްބަރ 2025ގެ ނިޔަލަށް  ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ދުރުވެ ނުވަތަ މި ސްކޫލުގެ މެއިލް އެޑްރެހަށް ([email protected]  ) ފޮނުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

             15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުން ފެށިގެން 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީހުޅުވާލެވިފައެވެ. ނަންނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

22 ޑިސެމްބަރ 2025

ހޯމަ

މަޢުލޫމާތު ސާފްކުރުން

11:30ހެނދުނު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

23 ޑިސެމްބަރ 2025

އަންގާރަ  

އަންދާސީ ހިސާބްހުށަހެޅުން

13:00މެންދުރު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

 

 

  • މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

  • ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

  •   ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

 

  •  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

  • މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

 

  •   މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިދަންނަވާ ނަންބަރަށް ( 9704428 ، 9825305  ) 15 ޑިސެމްބަރ 2025އިން 22 ޑިސެމްބަރ 2025އާއި ދެމެދު ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މި ސްކޫލުގެ އީމެއިލް އެޑްރެސްއަކީ [email protected] އެވެ.
  • މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޑިސެންބަރު 2025
ހޯދާ