ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލު ހަމަޖެއްސުން

 

އިޢުލާން

 

ރުއްގަހުގެ ބަދަލު ހަމަޖެއްސުން:

     ތިރީގައިވާ ދެ ސަރަހައްދުގައި ހުރި ރުއްގަސް ނެގުމަށް ބޭނުންވާތީ، އެ ރުއްގަހުގެ އިދާރީ ބަދަލު ހަމަޖެއްސުމަށްޓަކައި، އެރުއްތަކުގައި " ހުދު " ކުލައިން 1 ން 123 އަށް ނަންބަރު ޖަހާފައިވާނެއެވެ.

1-  ބޮޑުތަކުރުފާނުމަގުގެ ހުޅަނގުކޮޅު ( ހިއްކިބިމާއި ގުޅޭ ސަރަހައްދު)

2- ބޮޑުތަކުރުފާނުމަގާއި ބޮޑުރަސްގެފާނުމަގާއި ދެމެދު ޕޮލިސްސްޓޭޝަން ކުރިމަތިން މަގުގެ ހުޅަނގު ފަރާތުން،

      ވީމާ މިދެންނެވި ދެސަރަޙައްދުގައި އެއްވެސްފަރާތެއްގެ ރުއްގަސް ހުރިނަމަ، އެ ރުއްގަހުގެ ވެރިން 2025ޑިސެމްބަރ 22  ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ، މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހަށާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ މިއިދާރާގެ ރެކޯޑުތަކުން ފެންނަންހުރި ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި މިސަރަހައްދުގައި އެކިފަރާތްތަކުން އިންދާފައިވާ ރުއްގަހާއި، ބަހައްޓާފައިވާ އެހެންތަކެތި، އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެސަރަހައްދުން  ނަގައި، ތަންހުސްކުރުމަށް އަންގަމެވެ. އަދި މިތާރީޚްގެ ފަހު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއިދާރާއިން ކުރާނެވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވެމެވެ.

      24 ޖުމާދަލްއާޚިރާ 1447

14 ޑިސެންބަރު 2025
ހޯދާ