އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މަތިވެރީ ކައުންސިލްގެ ފަރާތުން ގޭބިސީ އަދި ވިޔަފާރިތަކުން ނަގާ ބަދިގެ ބާކީ ކުނި ނައްތާލުމުގެ މަސައްކަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

އއ.މަތިވެރީ ކައުންސިލްގެ ފަރާތުން ގޭބިސީ އަދި ވިޔަފާރިތަކުން ނަގާ ބަދިގެ ބާކީ ކުނި ނައްތާލުމުގެ މަސައްކަތް  ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އއ.މަތިވެރީ ކައުންސިލްގެ ފަރާތުން ގޭބިސީ އަދި ވިޔަފާރިތަކުން ނަގާ ބަދިގެ ބާކީ ކުނި ނައްތާލުމުގެ މަސައްކަތް  ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކައުންސިލުން ކޮށްފައިވާ އިޢުލާން ނަންބަރ: (IUL)342/INDIV/2025/127 އަށް އެއްވެސްފަރާތަކުން ރަޖިސްޓްރީ ކޮށްފައި ނުވާތީވެ، އަލުން އިޢުލާނުކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެމްބަރު 22 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]  މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަދި ޢާންމު ފަރުދުންނަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަމާއި ގުޅޭގޮތުން ވަކި ޙާއްސަ ޕްރީބިޑް މީޓިންގ އެއް ނޯނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަން ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.  
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2025 ޑިސެންބަރު 24 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                            25 ޖުމާދަލްއާޚިރަ 1447

15 ޑިސެންބަރު 2025                 

15 ޑިސެންބަރު 2025
ހޯދާ