އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

              ފެންފުށީ ޕްރީސްކޫލަށް އަލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު 15 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުންފެށިގެން 21 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

              ފެންފުށީ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީ އެވެ.

15 ޑިސެންބަރު 2025 އިން 21 ޑިސެންބަރު 2025 ދުވަހާދެމެދު 08:00 އިން 13:30 އަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާއިން

 

 

              2026 ވަނަ އަހަރު ފެންފުށީ ޕްރީ ސުކޫލަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.

ބޭބީ ނާސަރީ

2025 ޑިސެމްބަރ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރުން

ނާސަރީ

2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 

              ބޭބީ ނާސަރީއަށް ކުދިން ވައްދާނީ 2025 ޑިސެމްބަރ 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންކަމުގައި ކަނޑައެޅިފައިވީނަމަވެސް، މިހިނގާ 2026 ވަނަ އަހަރުގެ 31 މާޗްގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށްވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް ދެވިދާނެއެވެ.  

              ވީމާ 2026 ވަނަ އަހަރު ފެންފުށީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ފެންފުށީ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމަށްއެދޭ ފޯމް ފުރިހަމަކޮށް، އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

14 ޑިސެންބަރު 2025
ހޯދާ