ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
އެސްޓީއޯ ޏ. ފުވައްމުލަކު ފިހާރަ ގޯޑައުން ގެ ތަޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯ ޏ. ފުވައްމުލަކު ފިހާރަ ގޯޑައުން ގެ ތަޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
- މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
2. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
2.1 ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރފ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން ކޮންކިރިޓް ތަޅުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށްވުން.
2.1.1 ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ހަވާލާދޭ ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އަދި ތިޔަފަރާތުން ކުރިން ކޮއްފައިވާ މަސައްކަތް ކަށަވަރު ކުރުމަށްޓަކައި އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތަކުގެ އިތުރު މައުލޫމާތު ހޯދިދާނެއެވެ.
2.1.2 ހަވާލާދޭ ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަމަ، ސިޓީއާއެކު އެ މަސައްކަތަށް ބާރުއަޅާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އަދި ބާރުއަޅާ ލިޔެކިޔުން ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
2.1.3 ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.
2.1.4 ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އަދި މީރާގައި ޑިބާރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ
ފަރާތަކަށް ވެގެން ނުވާނެ އެވެ.
3. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:
3.1 ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ހަވާލާދޭ ސިޓީ (2.1 ގައިވާ ގޮތަށް)
3.2 ކުންފުނި ނުވަތަ ސޯލް ޕްރޮޕްރައިޓަރޝިޕް ރެޖިސްޓްރޭޝަން ކޮޕީ
3.3 ކުންފުނީގެ ހިއްސާދާރުން/ވެރިފަރާތުގެ އައި.ޑީކާޑް ކޮޕީ
3.4 މީރާގައި ރެޖިސްޓްރީ ވެފައިވާ ފަރާތެއް ނަމަ އެކަން އަންގައިދޭ ލިޔުން އަދި ޖީ.އެސް.ޓީ ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ ފަރާތެއް ނަމަ ރެޖިސްޓްރޭޝަން ކޮޕީ
3.5 ކުންފުނީގެ ހިންގާ ޤަވާއިދު (ކޮމްޕެނީ އެއް ނަމަ)
3.6 ކުންފުނީގެ އަސާސީ ޤަވާއިދު (ކޮމްޕެނީ އެއް ނަމަ)
3.7 ކުންފުނީގެ ޕްރޮފައިލް – އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕެނީ ޕްރޮފައިލް ޝީޓް
3.8 ބޭންކް ތަފްސީލު – ބޭންކް އެކައުންޓް ނަމްބަރާއި ނަން އެނގޭ ލިޔެކިއުމެއް
4. ރަޖިސްޓަރީ ކުރުން:
4.1 ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން 21 ޑިސެމްބަރ 2025 ވަނަ ދުވަހު 11:00ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
*ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ/މެއިލް ކުރާނީ:
ފޯނު ނަންބަރ: 1422
އީމެއިލް: [email protected]
14 ޑިސެމްބަރ 2025
