ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 238 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 28 ޖުމާދުލްއައްވަލް 1447 ، 19 ނޮވެމްބަރ 2025 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 19 ނޮވެމްބަރ 2025 އިން 25 ނޮވެމްބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އަންގަވައިގެން ރަށުގައި ތިބި ޑިސަބިލިޓީ 3 ކުދިން ކަމުގައިވާ އަޙުމަދު ސާލިމް އާއި އިބްރާހީމް ޒިހާން އާއި ސިތުރާ ސަޢްދަށް ކޮންޓްރެކްޓް ވަޒީފާ ހަމަޖެއްސުމާއި މުސާރަ ދިނުމުގެ މައްސަލަ
- ތ. މަޑިފުށި ދިޔަމިގިލި ގުޅާލާ ކޯޒުވޭގެ ކުރެހުން ފާސްކުރުމުގެ މައްސަލަ
- ހުކުރު މިސްކިތް ( މަސްޖިދުލް އަމާނަތު ) މައްސަލަ ޖެހިފައިވާ 2 އޭސީ ބަދަލުކުރުމުގެ މައްސަލަ
- އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ފާއިތުވި އަހަރުގެ ބިލްތަށް ދެއްކުން" ހަރަކާތުން 10000.00 (ދިހަހާސް ރުފިޔާ) އުނިކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "އަންހެނުން ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު ހޯދުން" ހަރަކާތުގެ 222999 ޖީ.އެލް ކޯޑަށް 10000.00 (ދިހަހާސް ރުފިޔާ) އިތުރުކުމުގެ މައްސަލަ.
- 4 ވަނަ ދައުރުގެ 2025/48/4/238/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 19 ނޮވެމްބަރ 2025 އިން 25 ނޮވެމްބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އަންގަވައިގެން ރަށުގައި ތިބި ޑިސަބިލިޓީ 3 ކުދިން ކަމުގައިވާ އަޙުމަދު ސާލިމް އާއި އިބްރާހީމް ޒިހާން އާއި ސިތުރާ ސަޢްދަށް ކޮންޓްރެކްޓް ވަޒީފާ ހަމަޖެއްސުމާއި މުސާރަ ދިނުމުގެ މައްސަލަ އާއ ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު އެބޭފުޅުންގެ މަސައްކަތު މާޙައުލު ޤާއިމު ކުރެއްވުމަށް ފަހު ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އަންގަވައިގެން ރަށުގައި ތިބި ޑިސަބިލިޓީ 3 ކުދިން ކަމުގައިވާ އަޙުމަދު ސާލިމް އާއި އިބްރާހީމް ޒިހާން އާއި ސިތުރާ ސަޢްދަށް ކޮންޓްރެކްޓް ވަޒީފާ ހަމަޖެއްސުމާއި މުސާރަ ދިނުމާމެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ތ. މަޑިފުށި ދިޔަމިގިލި ގުޅާލާ ކޯޒުވޭގެ ކުރެހުން ފާސްކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާ ޚިޔާލުފާޅުކުރެއްވުމަށް ފަހު މި މައްސަލާގައި ރަށުގެ ރައްޔިތުންގެ ބަސް ހޯދުމަށްފަހު މިކަން ނިންމެވުމަށް މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ހުކުރު މިސްކިތް ( މަސްޖިދުލް އަމާނަތު ) މައްސަލަ ޖެހިފައިވާ 2 އޭސީ ބަދަލުކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާކުރެއްވުމަށް ފަހު ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމުގައި ވާތީ އެ މަހަށް މިސްކިތް ތައްޔާރު ކުރަންޖެހޭތީ ހުކުރު މިސްކިތް ( މަސްޖިދުލް އަމާނަތު ) މައްސަލަ ޖެހިފައިވާ 2 އޭސީ ނަގައި އައު 2 އޭސީ ބަދަލުކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ފާއިތުވި އަހަރުގެ ބިލްތަށް ދެއްކުން" ހަރަކާތުން 10000.00 (ދިހަހާސް ރުފިޔާ) އުނިކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "އަންހެނުން ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު ހޯދުން" ހަރަކާތުގެ 222999 ޖީ.އެލް ކޯޑަށް 10000.00 (ދިހަހާސް ރުފިޔާ) އިތުރުކުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "ފާއިތުވި އަހަރުގެ ބިލްތަށް ދެއްކުން" ހަރަކާތުން 10000.00 (ދިހަހާސް ރުފިޔާ) އުނިކޮށް، އެލް.ސީ.ޑަބްލިއު.ޑީ.އެފް ފަންޑުގެ "އަންހެނުން ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު ހޯދުން" ހަރަކާތުގެ 222999 ޖީ.އެލް ކޯޑަށް 10000.00 (ދިހަހާސް ރުފިޔާ) އިތުރު ކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/48/4/238/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 238 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ތުރުކީ ދަތުރުގައި |
|
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
