ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 237 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 28 ޖުމާދުލްއައްވަލް 1447 ، 19 ނޮވެމްބަރ 2025 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 12 ނޮވެމްބަރ 2025 އިން 18 ނޮވެމްބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ރައީސް އަލްފާޟިލް އަޙުމަދު މޫސާ އަތޮޅު ކައުންސިލުގެ ތުރުކީ ދަތުރަށް 24 ނޮވެމްބަރ 2025 ގައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ރައީސް އެނބުރި ވަޑައިގަތުމާހަމަޔަށް ކައުންސިލުގެ ހިންގުން ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު މުނީރު އާއި ޙަވާލުކުރުމުގެ މައްސަލަ
- ރައީސް އަލްފާޟިލް އަޙުމަދު މޫސާ ރަށުން މާލެއަށް އަދި މާލެއިން ރަށަށް ދެކޮޅު ލޯންޗް ޓިކެޓާއި މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދަށް ފައިސާ ހަމަޖެއްސުމުގެ މައްސަލަ
- އެމް ޑަބްލިޔު އެސް ސީގެ ސައިޓް ޤާއިމު ކުރުމަށް ބިމެއް ހަމަޖެއްސުމުގެ މައްސަލަ
- މުއައްސަސާ ކަޕް 2025 ބޭއްވުމަށް އިތުރަށް ބަޖެޓް ބޭނުންވާތީ، ޖޭ.އެލް.ސީ.އެލް ފަންޑުގެ "މުއައްސަސާ ކަޕް 2025" ހަރަކާތުގެ ޖީ.އެލް ކޯޑް 223013 އަށް 40,000.00 (ސާޅިސް ހާސް ރުފިޔާ) އިތުރު ކުރުމުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2025/47/4/237/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 12 ނޮވެމްބަރ 2025 އިން 18 ނޮވެމްބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ރައީސް އަލްފާޟިލް އަޙުމަދު މޫސާ އަތޮޅު ކައުންސިލުގެ ތުރުކީ ދަތުރަށް 24 ނޮވެމްބަރ 2025 ގައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ރައީސް އެނބުރި ވަޑައިގަތުމާހަމަޔަށް ކައުންސިލުގެ ހިންގުން ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު މުނީރު އާއި ޙަވާލުކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ރައީސް އަލްފާޟިލް އަޙުމަދު މޫސާ އަތޮޅު ކައުންސިލުގެ ތުރުކީ ދަތުރަށް 24 ނޮވެމްބަރ 2025 ގައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ރައީސް އެނބުރި ވަޑައިގަތުމާހަމަޔަށް ކައުންސިލުގެ ހިންގުން ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު މުނީރު އާއި ޙަވާލުކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ރައީސް އަލްފާޟިލް އަޙުމަދު މޫސާ ރަށުން މާލެއަށް އަދި މާލެއިން ރަށަށް ދެކޮޅު ލޯންޗް ޓިކެޓާއި މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދަށް ފައިސާ ހަމަޖެއްސުމުގެ މައްސަލަ އާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު ރައީސް އަލްފާޟިލް އަޙުމަދު މޫސާ ރަށުން މާލެއަށް އަދި މާލެއިން ރަށަށް ދެކޮޅު ލޯންޗް ޓިކެޓާއި މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދަށް ފައިސާ ކައުންސިލުގެ ބަޖެޓުން ހަމަޖެއްސުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތާ ގުޅިގެން އެމް ޑަބްލިޔު އެސް ސީގެ ސައިޓް ޤާއިމު ކުރުމަށް ބިމެއް ހަމަޖެއްސުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅުކުރައްވާ މަޝްވަރާ ކުރެއްވުމަށްފަހު އެމް ޑަބްލިޔު އެސް ސީގެ ނަމްބަރ MWSC-C/3/2024/5087 ( 21 އޮކްޓޯބަރ 2024 ) ސިޓީއިން އެދިވަޑައިގެންފައިވާ 40x30 މީޓަރުގެ ބިމެއް ހަމަޖެއްސުމުގެ ބަދަލުގައި 45x15 މީޓަރުގެ ބިމެއް ރަށުގެ އުތުރުކޮޅު ތިންކޮޅުފުށި ސަރަޙައްދުން ހަމަޖެއްސުމާ މެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- މުއައްސަސާ ކަޕް 2025 ބޭއްވުމަށް އިތުރަށް ބަޖެޓް ބޭނުންވާތީ، ޖޭ.އެލް.ސީ.އެލް ފަންޑުގެ "މުއައްސަސާ ކަޕް 2025" ހަރަކާތުގެ ޖީ.އެލް ކޯޑް 223013 އަށް 40,000.00 (ސާޅިސް ހާސް ރުފިޔާ) އިތުރު ކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު މުއައްސަސާ ކަޕް 2025 ބޭއްވުމަށް އިތުރަށް ބަޖެޓް ބޭނުންވާތީ، ޖޭ.އެލް.ސީ.އެލް ފަންޑުގެ "މުއައްސަސާ ކަޕް 2025" ހަރަކާތުގެ ޖީ.އެލް ކޯޑް 223013 އަށް 40,000.00 (ސާޅިސް ހާސް ރުފިޔާ) އިތުރު ކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/47/4/237/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 237 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
- |
ސަލާމް |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
