ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 236 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 21 ޖުމާދުލްއައްވަލް 1447 ، 12 ނޮވެމްބަރ 2025 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 05 ނޮވެމްބަރ 2025 އިން 11 ނޮވެމްބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގައި "މުވައްޒަފުން ދަތުރު ދިއުން" މިނަމުގައި ހަރަކާތެއް އުފެއްދުމުގެ މައްސަލަ
- އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގެ "މުވައްޒަފުން ދަތުރު ދިއުން" މި ހަރަކާތަށް މުވައްޒަފުންގެ ފަންޑް އިން ޚަރަދު ކުރާގޮތަށް 7000.00 ރުފިޔާ އިތުރުކުރުމުގެ މައްސަލަ.
- އެފް.އޭ.އެމް، އެމް.އެމް.އައި.އެސް އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ގެ ފަރާތުން ފ. ނިލަންދޫގައި 2025 ނޮވެމްބަރ 10 އިން 19 އަށް ހިންގުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީ ކޯހުގައި، ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް، އާދަމް ޝަފީޤް، ބައިވެރިވެފައިވާތީ 2025 ނޮވެމްބަރ 12 އިން ފެށިގެން 2025 ނޮވެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާއިން ވީއްލައި ދިނުމަށް އެދިފައިވާތީ، އެދުވަސްތަކަށް ކައުންސިލްގެ އެސް.ޖީ ވަޒީފާއިން ވީއްލުމުގެ މައްސަލަ
- 1447 ވަނަ އަހަރު ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ޤަވައިދު ފާސްކުރުމުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2025/46/4/236/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 05 ނޮވެމްބަރ 2025 އިން 11 ނޮވެމްބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގައި "މުވައްޒަފުން ދަތުރު ދިއުން" މިނަމުގައި ހަރަކާތެއް އުފެއްދުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގައި "މުވައްޒަފުން ދަތުރު ދިއުން" މިނަމުގައި ހަރަކާތެއް އުފެއްދުމާމެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގެ "މުވައްޒަފުން ދަތުރު ދިއުން" މި ހަރަކާތަށް މުވައްޒަފުންގެ ފަންޑް އިން ޚަރަދު ކުރާގޮތަށް 7000.00 ރުފިޔާ އިތުރުކުރުމުގެ މި މަސައްކަތާއި ގުޅޭގޮތުން މެމްބަރުން މަޝްވަރާކުރުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގެ "މުވައްޒަފުން ދަތުރު ދިއުން" މި ހަރަކާތަށް މުވައްޒަފުންގެ ފަންޑް އިން ޚަރަދު ކުރާގޮތަށް 7000.00 ރުފިޔާ އިތުރުކުރުމާމެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެފް.އޭ.އެމް، އެމް.އެމް.އައި.އެސް އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ގެ ފަރާތުން ފ. ނިލަންދޫގައި 2025 ނޮވެމްބަރ 10 އިން 19 އަށް ހިންގުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީ ކޯހުގައި، ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް، އާދަމް ޝަފީޤް، ބައިވެރިވެފައިވާތީ 2025 ނޮވެމްބަރ 12 އިން ފެށިގެން 2025 ނޮވެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާއިން ވީއްލައި ދިނުމަށް އެދިފައިވާތީ، އެދުވަސްތަކަށް ކައުންސިލްގެ އެސް.ޖީ ވަޒީފާއިން ވީއްލުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، އެކިއެކި މުބާރާތްތަކަށް ރަށުން ބޭރުގެ ރެފްރީން ގެނައުމަށް ވަރަށްބޮޑު ޚަރަދެއް ކައުންސިލުގެ ބަޖެޓުން ހޭދަކުރަންޖެހޭތީ މިކަމަށް ޙައްލެއް ގެނައުމަށްޓަކައި އެފް.އޭ.އެމް، އެމް.އެމް.އައި.އެސް އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ގެ ފަރާތުން ފ. ނިލަންދޫގައި 2025 ނޮވެމްބަރ 10 އިން 19 އަށް ހިންގުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީ ކޯހުގައި، ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް، އާދަމް ޝަފީޤް، ބައިވެރިވެފައިވާތީ 2025 ނޮވެމްބަރ 12 އިން ފެށިގެން 2025 ނޮވެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާއިން ވީއްލައި ދިނުމަށް އެދިފައިވާތީ، އެދުވަސްތަކަށް ކައުންސިލްގެ އެސް.ޖީ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- 1447 ވަނަ އަހަރު ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ޤަވައިދު ފާސްކުރުމުގެ މި މައްސަލަ އާއި ގުޅިގެނން މެމްބަރުން ޚިޔާލު ފާޅުކުރައްވާ ކައުންސިލުގެ ޤުރުއާން މުބާރާތުގެ ޤަވާޢިދަށް އިތުރު އިސްލާޙެއް ގެންނަން ނެތުމާއި އެކު އެއްވެސް ބަދަލެއްނެތި 1447 ވަނަ އަހަރު ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ޤަވައިދު ފާސްކުރުމާމެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/46/4/236/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 236 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
