ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 234 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 07 ޖުމާދުލްއައްވަލް 1447 ، 29 އޮކްޓޯބަރ 2025 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 22 އޮކްޓޯބަރ 2025 އިން 28 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ތ. ދިޔަމިގިލީ ސްކޫލުގެ ނަމްބަރ GS181/A-385/2025/19 ( 26 އޮކްޓޯބަރ 2025 ) ސިޓީގައި އެދިވަޑައިގެންފައިވާ ސްކޫލުގެ ދީނީ ފޯވަހި 2025 ގެ ވަނަތަކަށް އިނާމު ދިނުމުގެ މައްސަލަ
- 1447 މި އަހަރުގެ ރަމަޟާން މަހު ތަރާވީޙު ނަމާދު ކުރުމާއި އެކު ކައުންސިލުގެ ޤުރުއާން މުބާރާތުގައި ދަރިވަރުންނަށް ތަމްރީނު ދިނުމަށްޓަކައި 2025 ޑިސެމްބަރ 01 ގައި ޙާފިޒަކު ގެނައުމުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2025/44/4/234/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 22 އޮކްޓޯބަރ 2025 އިން 28 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ތ. ދިޔަމިގިލީ ސްކޫލުގެ ނަމްބަރ GS181/A-385/2025/19 ( 26 އޮކްޓޯބަރ 2025 ) ސިޓީގައި އެދިވަޑައިގެންފައިވާ ސްކޫލުގެ ދީނީ ފޯވަހި 2025 ގެ ވަނަތަކަށް އިނާމު ދިނުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހ ތ. ދިޔަމިގިލީ ސްކޫލުގެ ނަމްބަރ GS181/A-385/2025/19 ( 26 އޮކްޓޯބަރ 2025 ) ސިޓީގައި އެދިވަޑައިގެންފައިވާ ސްކޫލުގެ ދީނީ ފޯވަހި 2025 ގެ ވަނަތަކަށް އިނާމު ދިނުމަށް -/10000 ރުފިޔާ ( ދިހަހާސް ރުފިޔާ ) ކައުންސިލުގެ ބަޖެޓުން ހަމަޖެއްސުމާ މެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- 1447 މި އަހަރުގެ ރަމަޟާން މަހު ތަރާވީޙު ނަމާދު ކުރުމާއި އެކު ކައުންސިލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ތަމްރީނު ދިނުމަށްޓަކައި 2025 ޑިސެމްބަރ 01 ގައި ޙާފިޒަކު ގެނައުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، 1447 މި އަހަރުގެ ރަމަޟާން މަހު ތަރާވީޙު ނަމާދު ކުރުމާއި އެކު ކައުންސިލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ތަމްރީނު ދިނުމަށްޓަކައި 2025 ޑިސެމްބަރ 01 ގައި ޙާފިޒަކު ގެނައުމުގެ ހުރިހައި ކަމަކަށް -/100000 ރު ( އެއްލައްކަ ރުފިޔާ ) ޚަރަދު ކުރުމާ މެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/44/4/234/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 234 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
