ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 231 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 16 ރަބީޢުލްއާޚިރު 1447 ، 08 އޮކްޓޯބަރ 2025 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 01 އޮކްޓޯބަރ 2025 އިން 07 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- 2025 ވަނަ އަހަރުގެ މުއައްސަސާކަޕާއި ގުޅޭގޮތުން މަޝްވަރާކުރުން
- 2026 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތާއި ގުޅޭގޮތުން މަޝްވަރާކުރުން
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ދިޔަމިގިލީ ހުކުރު މިސްކިތް ފޮޅާ ސާފުކުރުމާއި ބެލެހެއްޓުން" ހަރަކާތުގެ 222999 ޖީ.އެލް ކޯޑަށް 10,000.00 (ދިހަ ހާސް ރުފިޔާ) އިތުރުކުރުމުގެ މައްސަލަ
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ޕްރީސްކޫލް ބެލެހެއްޓުން" ހަރަކާތުގެ 223013 (ރަސްމީގޮތުން ފާހަގަކުރާ ދުވަސްތަށް ފާހަގަކުރުން) ޖީ.އެލް ކޯޑަށް 15,000 (ފަނަރަހާސް ރުފިޔާ) އިތުރުކުރުމުގެ މައްސަލަ
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ދިޔަމިގިލީ ހުކުރު މިސްކިތް މާރާމާތުކުރުން" ހަރަކާތުގެ 226002 ޖީ.އެލް ކޯޑަށް 30,000.00 (ތިރިސްހާސް ރުފިޔާ) އިތުރުކުރުމުގެ މައްސަލަ.
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ކޮޅުމަޑުލު އިންޓަރ ސްކޫލް ކުޅިވަރު މުބާރާތް" ހަރަކާތުގެ 223013 ޖީ.އެލް ކޯޑަށް 5000.00 (ފަސްހާސް ރުފިޔާ) އަދި މި ހަރަކާތުގެ އެލް.ސީ.ޓީ.ޕީ.އެފް ފަންޑަށް 5000.00 (ފަސްހާސް ރުފިޔާ) އިތުރުކުރުމުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2025/41/4/231/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 01 އޮކްޓޯބަރ 2025 އިން 07 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- 2025 ވަނަ އަހަރުގެ މުއައްސަސާކަޕާއި ގުޅޭގޮތުން މަޝްވަރާކުރި މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، މުބާރާތުގެ ޤަވާޢިދަށް ބައެއް ބަދަލުގެނެސް މި ގެނެވުނު ބަދަލުތަކާ އެއްގޮތަށް 2025 ވަނަ އަހަރުގެ މުއައްސަސާކަޕު ކުރިއަށް ގެންދެވުމަށް މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މެމްބަރުން ވާހަކަފުޅު ދައްކަވާ ނިމުމުން ރިޔާސަތުން މި މައްސަލާގައި ވޯޓަށް ދެންނެވިއެވެ. މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ދެންނެވުމުން މި މައްސަލާގައި މެމްބަރު ވާހަކަ ދެއްކެވިގޮތަށް ތާއީދު ކުރައްވާ ވޯޓްދެއްވިއެވެ. އެހެންކަމުން މި މައްސަލަ ޖަލްސާގެ އިއްތިފާޤުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން އިޢްލާން ކުރެއްވިއެވެ.
- 2026 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ރަށުގެ ޒުވާނުން ބޭނުންވާނަމަ 2026 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތާއި 2026 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށާއި އެހެންނަމަވެސް މި މުބާރާތަށް ކައުންސިލުގެ ބަޖެޓުން ޚަރަދު ކުރެވޭނީ ގިނަވެގެން -/35000 ރުފިޔާ ( ތިރީސް ފަސް ހާސް ރުފިޔާ ) ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ދިޔަމިގިލީ ހުކުރު މިސްކިތް ފޮޅާ ސާފުކުރުމާއި ބެލެހެއްޓުން" ހަރަކާތުގެ 222999 ޖީ.އެލް ކޯޑަށް 10,000.00 (ދިހަ ހާސް ރުފިޔާ) އިތުރުކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ޖޭ.އެލް.ސީ.އެލް ފަންޑުގެ "ދިޔަމިގިލީ ހުކުރު މިސްކިތް ފޮޅާ ސާފުކުރުމާއި ބެލެހެއްޓުން" ހަރަކާތުގެ 222999 ޖީ.އެލް ކޯޑަށް 10,000.00 (ދިހަ ހާސް ރުފިޔާ) އިތުރުކުރުމުގެ ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ޕްރީސްކޫލް ބެލެހެއްޓުން" ހަރަކާތުގެ 223013 (ރަސްމީގޮތުން ފާހަގަކުރާ ދުވަސްތަށް ފާހަގަކުރުން) ޖީ.އެލް ކޯޑަށް 15,000 (ފަނަރަހާސް ރުފިޔާ) އިތުރުކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ޚިޔާލު ފާޅުކުރައްވާ ޖޭ.އެލް.ސީ.އެލް ފަންޑުގެ "ޕްރީސްކޫލް ބެލެހެއްޓުން" ހަރަކާތުގެ 223013 (ރަސްމީގޮތުން ފާހަގަކުރާ ދުވަސްތަށް ފާހަގަކުރުން) ޖީ.އެލް ކޯޑަށް 15,000 (ފަނަރަހާސް ރުފިޔާ) އިތުރުކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ދިޔަމިގިލީ ހުކުރު މިސްކިތް މާރާމާތުކުރުން" ހަރަކާތުގެ 226002 ޖީ.އެލް ކޯޑަށް 30,000.00 (ތިރިސްހާސް ރުފިޔާ) އިތުރުކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ޖޭ.އެލް.ސީ.އެލް ފަންޑުގެ "ދިޔަމިގިލީ ހުކުރު މިސްކިތް މާރާމާތުކުރުން" ހަރަކާތުގެ 226002 ޖީ.އެލް ކޯޑަށް 30,000.00 (ތިރިސްހާސް ރުފިޔާ) އިތުރު ކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ކޮޅުމަޑުލު އިންޓަރ ސްކޫލް ކުޅިވަރު މުބާރާތް" ހަރަކާތުގެ 223013 ޖީ.އެލް ކޯޑަށް 5000.00 (ފަސްހާސް ރުފިޔާ) އަދި މި ހަރަކާތުގެ އެލް.ސީ.ޓީ.ޕީ.އެފް ފަންޑަށް 5000.00 (ފަސްހާސް ރުފިޔާ) އިތުރުކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ޖޭ.އެލް.ސީ.އެލް ފަންޑުގެ "ކޮޅުމަޑުލު އިންޓަރ ސްކޫލް ކުޅިވަރު މުބާރާތް" ހަރަކާތުގެ 223013 ޖީ.އެލް ކޯޑަށް 5000.00 (ފަސްހާސް ރުފިޔާ) އަދި މި ހަރަކާތުގެ އެލް.ސީ.ޓީ.ޕީ.އެފް ފަންޑަށް 5000.00 (ފަސްހާސް ރުފިޔާ) އިތުރު ކުރުމުގެ އިޢްތިރާޒެއް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/41/4/231/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 231 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
