ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 230 ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 230 ވަނަ ޢާންމު ޖަލްސާގެ ނިންމުން

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީހް: 06 ރަބީޢުލްއާޚިރު 1447 ، 01 އޮކްޓޯބަރ 2025  ބުދަ

ގަޑި: ހެނދުނު 08:30

އެޖެންޑާ

  1. 24 ސެޕްޓެމްބަރ 2025 އިން 01 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. އިސްލާމިކް މިނިސްޓްރީ އާއި މި ކައުންސިލު ގުޅިގެން 1447 މި އަހަރުގެ ރަމަޟާން މަހު މިރަށުގައި ހިންގުމަށް ބޭނުންވާ އެކިއެކި ދީނީ ޙަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ކަންކަން ކަނޑައެޅުން
  3. މިރަށުގައި ޕޮލިސް މަރުކަޒު އެޅުމަށްޓަކައި 5000-7500 އަކަފޫޓްގެ ބިމެއް ކަނޑައެޅުމުގެ މައްސަލަ
  4. ބަނދަރުގެ އިރު އުތުރު ފަރާތުގައި ޤާއިމުކޮށްފައިވާ ފެން ޕުލާންޓްގެ ހިމަނައިގެން އެ ސަރަޙައްދުގައި ފެރީ ޓާމިނަލެއް ޤާއިމު ކުރުމުގެ މައްސަލަ
  5. ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ބެހެއްޓުމަށް ސައިޓް ހެދުމަށް އެމް. ޓީ. ސީ. ސީ އަށް މަލްހާރު ގޯތީގެ ދެކުނުން އޮތް ބިން ދޫކުރުމުގެ މައްސަލަ
  6. ޖޭގޮމް ފަންޑުގެ 211002 (އިތުރު ގަޑި) ޖީ.އެލް ކޯޑް އިން 400,000.00 (ހަތަރު ލައްކަ) ރުފިޔާ އުނިކޮށް 422999 (އެހެނިހެން އިންފްރާސްޓްރަކްޗަރ) ޖީ.އެލް ކޯޑް އަށް 400,000.00 (ހަތަރު ލައްކަ) ރުފިޔާ އިތުރު ކުރުމަށް ބަޖެޓް ކޮންޓްރޯލެއް ހެދުމުގެ މައްސަލަ
  7. ޖޭ.އެލް.ސީ.އެލް ފަންޑުގެ، އުފުލުމުގެ ޚަރަދު (ބޯޓް ނާލު ދެއްކުން)ހަރަކާތުގެ 223011 ޖީ.އެލް ކޯޑަށް 20,000.00 (ވިހަ ހާސް ރުފިޔާ) އިތުރުކުރުމުގެ މައްސަލަ
  8. ދިޔަމިގިލީ ކައުންސިލް ވޮލީ މުބާރާތް 2026 އާއި ގުޅޭގޮތުން މަޝްވަރާކުރުން
  9. 4 ވަނަ ދައުރުގެ 2025/40/4/230/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ޖަލްސާގެ ނިންމުންތަށް

  1. 24 ސެޕްޓެމްބަރ 2025 އިން 01 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. އިސްލާމިކް މިނިސްޓްރީ އާއި މި ކައުންސިލު ގުޅިގެން 1447 މި އަހަރުގެ ރަމަޟާން މަހު މިރަށުގައި ހިންގުމަށް ބޭނުންވާ އެކިއެކި ދީނީ ޙަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ކަންކަން ކަނޑައެޅުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދަން ބޭނުންވާ ޙަރަކާތްތައް، ދީނީ ދަރުސް ހިމެނޭގޮތުން ލިޔެ އިދާރީގޮތުން އިސްލާމިކް މިނިސްޓްރީ އަށް އަވަހަށް ހުށަހެޅުއްވުމަށް މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
  3. މިރަށުގައި ޕޮލިސް މަރުކަޒު އެޅުމަށްޓަކައި 5000-7500 އަކަފޫޓްގެ ބިމެއް ކަނޑައެޅުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ގޯނބިލިމާގެ ހުޅަނގުން އޮތް ބިމުގައި 5000 އަކަފޫޓް ހަމަވާނަމަ އެ ބިން ހަމަޖެއްސުމަށާއި ނުވަތަ އެމް. އެން. ޑީ. އެފް ޕޯސްޓް އެޅުމަށް ކުޑަ ބަނދަރު ސަރަޙައްދުން ދޫކުރެވިފައިވާ 12000.00 އަކަފޫޓްގެ ބިމުގެ އެއްގަމުގައި އޮތް ހުސް ބިމުން މިރަށުގައި ޕޮލިސް މަރުކަޒު އެޅުމަށްޓަކައި 5000-7500 އަކަފޫޓާ ދެމެދުގެ ބިމެއް ހަމަޖެއްސުމަށް އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
  4. ބަނދަރުގެ އިރު އުތުރު ފަރާތުގައި ޤާއިމުކޮށްފައިވާ ކުރީގެ ފެން ޕުލާންޓްގެ ހިމަނައިގެން އެ ސަރަޙައްދުގައި ފެރީ ޓާމިނަލެއް ޤާއިމު ކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ޚިޔާލު ފާޅުކުރައްވާ މި ކަމުގެ މުހިއްމު ކަމާއި ބޭނުންތެރިކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާ މަޝްވަރާ ކުރެއްވުމަށްފަހު ބަނދަރުގެ އިރު އުތުރު ފަރާތުގައި ޤާއިމުކޮށްފައިވާ ފެން ޕުލާންޓްގެ ހިމަނައިގެން އެ ސަރަޙައްދުގައި 15 ޑިސެމްބަރ 2025 ގެ ނިޔަލަށް ފެރީ ޓާމިނަލެއް ޤާއިމު ކުރުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އަދި މި މަސައްކަތުގައި ކައުންސިލު މެމްބަރުންގެ ތެރެއިން އިސްވެ ޙަރަކާތްތެރިވެ ވަޑައިގަންނަވާނީ ކައުންސިލުގެ ނައިބް ރައީސް އަލްފާޟިލް މުޙައްމަދު މުނީރު އާއި ކައުންސިލުގެ މެމްބަރ އަލްފާޟިލާ މަރިޔަމް ޢަލީ ކަމުގައިވެސް ނިންމެވެ.
  5. ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ބެހެއްޓުމަށް ސައިޓް ހެދުމަށް އެމް. ޓީ. ސީ. ސީ އަށް މަލްހާރު ގޯތީގެ ދެކުނުން އޮތް ބިން ދޫކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، މަލްހާރުގޭ ދެކުނުން ދޫކޮށްލާފައިވާ ވިނަރެސް ގޯއްޗާއި އާގިސާމަންޒިލް ގޯތި ހިމެނޭގޮތުން 8679.50 އަކަފޫޓްގެ ބިން ވަގުތީގޮތުން ދޫކުރުމާމެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
  6. ޖޭގޮމް ފަންޑުގެ 211002 (އިތުރު ގަޑި) ޖީ.އެލް ކޯޑް އިން 400,000.00 (ހަތަރު ލައްކަ) ރުފިޔާ އުނިކޮށް 422999 (އެހެނިހެން އިންފްރާސްޓްރަކްޗަރ) ޖީ.އެލް ކޯޑް އަށް 400,000.00 (ހަތަރު ލައްކަ) ރުފިޔާ އިތުރު ކުރުމަށް ބަޖެޓް ކޮންޓްރޯލެއް ހެދުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ޖޭގޮމް ފަންޑުގެ 211002 (އިތުރު ގަޑި) ޖީ.އެލް ކޯޑް އިން 400,000.00 (ހަތަރު ލައްކަ) ރުފިޔާ އުނިކޮށް 422999 (އެހެނިހެން އިންފްރާސްޓްރަކްޗަރ) ޖީ.އެލް ކޯޑް އަށް 400,000.00 (ހަތަރު ލައްކަ) ރުފިޔާ އިތުރު ކުރުމަށް ބަޖެޓް ކޮންޓްރޯލެއް ހެދުމުގެ އިޢްތިރާޒެއް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ
  7. ޖޭ.އެލް.ސީ.އެލް ފަންޑުގެ، އުފުލުމުގެ ޚަރަދު(ބޯޓް ނާލު ދެއްކުން)ހަރަކާތުގެ 223011 ޖީ.އެލް ކޯޑަށް 20,000.00 (ވިހަ ހާސް ރުފިޔާ) އިތުރުކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ޖޭ.އެލް.ސީ.އެލް ފަންޑުގެ، އުފުލުމުގެ ޚަރަދު(ބޯޓް ނާލު ދެއްކުން)ހަރަކާތުގެ 223011 ޖީ.އެލް ކޯޑަށް 20,000.00 (ވިހަ ހާސް ރުފިޔާ) އިތުރުކުރުމުގެ އިޢްތިރާޒެއް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
  8. ދިޔަމިގިލީ ކައުންސިލް ވޮލީ މުބާރާތް 2026 އާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހ ދިޔަމިގިލީ ކައުންސިލް ވޮލީ މުބާރާތް 2026 އާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ދިޔަމިގިލީ ކައުންސިލް ވޮލީ މުބާރާތް 2026 އާއި ގުޅޭގޮތުން މަޝްވަރާކޮށް މުބާރާތުގެ ޤަވާޢިދު ބައެއް އިޞްލާޙާއި އެކު     ފާސްކުރެއްވިއެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/15000 ރުފިޔާ ރަނަރަޕް ޓީމަށް -/7500 ރުފިޔާ ކަނޑައަޅައި 20 ޖެނުއަރީ 2026 ގައި މުބާރާތް ފެށުމަށް އިޢްތިރާޒެއް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
  9. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/40/4/230/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 230 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު

ކ

 

3

ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް

ކ

 

4

ކައުންސިލް މެންބަރު ނަޝްފާ މާހިރު

ކ

 

5

ކައުންސިލް މެންބަރު މަރިޔަމް އަލީ

ކ

 

 

14 ޑިސެންބަރު 2025
ހޯދާ