ޞަލާޙުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލެޑް ސްކްރީން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޞަލާޙުއްދީން ސްކޫލްގެ ހޯލުގައި ހަރުކުރުމަށް ބޭނުންވާ ލެޑް ސްކްރީން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.:
މި ސްކޫލްގެ ހޯލުގައި ހަރުކުރުމަށް ބޭނުންވާ ލެޑް ސްކްރީން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލްގެ ނަމްބަރު (IUL)SS/2025/63 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަައިފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތް ކުރުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅައިފައިވާ އަގު ބޮޑު ކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރު 14 އިން 2025 ޑިސެމްބަރު 22 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރެޖިސްޓްރޭޝަން ފޯމް" ގެ ލިންކު: https://forms.gle/p6mKou23Y85R7iMa8
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 22 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 24 ވަނަ ދުވަހުގެ10:00 ގައި މިސްކޫލުގެ 05 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައިއެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޞަލާޙުއްދީން ސްކޫލް ޕްރޮކިއުމަންޓް ސެކްޝަން
- ފޯން: 3302457
- އީ-މެއިލް: [email protected]
14 ޑިސެންބަރު 2025
ހޯދާ
