އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސޯސިއޭޝަންގެ ޓްރެއިނިން ޕްރޮގްރާމްތަކަށް ކޯޗުން ހޯދުން

މި އެސޯސިއޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ ޓްރެއިނިން ޕްރޮގްރާމްތަކަށް ކޯޗުން ބޭނުންވެއެވެ. ވީމާ، އެސޯސިއޭޝަންގެ ޓްރެއިނިން ޕްރޮގްރާމްތަކުގައި ކޯޗްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ޑިސެމްބަރ މަހުގެ 21 ވާ އާދީއްތަ ދުވަހުގެ 15.00ގެ ކުރިން ސީވީ އާއި ކޯޗިން ސެޓްފިކެޓް އެސޯސިއޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.


މަގާމް:                ނޭޝަނަލް ޕޫލް ކޯޗުން (މާލެ ސަރަހައްދު)

ބޭނުންވާ ޢަދަދު:          2 (1 ސްޕރިންޓް، 1 މިޑްލް ޑިސްޓެންސް)

އަސާސީ އެލަވަންސް:        7،000.00ރ

އިތުރު އެލަވަންސް:         ފެންވަރާއި ތަޖުރިބާ އަށް ބެލުމަށްފަހު (ގިނަވެގެން 2،000.00ރ)

ފެންވަރު:               ދަށްވެގެން ވާލްޑް އެތުލެޓިކްސް ލެވެލް 2ގެ ސެޓްފިކެޓް

(ލެވެލް 3ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ)

ތަޖުރިބާ:               ނޭޝަނަލް ސީނިއަރ ޓީމްގެ އެތުލީޓުން ތަމްރީން ކުރުމުގައި 5 އަހަރު

މައިގަނޑު މަސައްކަތް:      ޗީފް ކޯޗް/ޓެކްނިކަލް ޑައިރެކްޓަރގެ އިރުޝާދާ އެކު ނޭޝަނަލް ސީނިއަރ/ޖޫނިއަރ/ޔޫތު ޓީމްގެ ތަމްރީންތައް ރާވައި ހިންގުން


މަގާމް:                ނޭޝަނަލް ޕޫލް އެސިސްޓަންޓް ކޯޗުން (މާލެ ސަރަހައްދު)

ބޭނުންވާ ޢަދަދު:          2

އެލަވަންސް:             5،000.00ރ

ފެންވަރު:               ދަށްވެގެން ވާލްޑް އެތުލެޓިކްސް ލެވެލް 1ގެ ސެޓްފިކެޓް

(ލެވެލް 2ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ)

ތަޖުރިބާ:               ނޭޝަނަލް ޖޫނިއަރ/ޔޫތު ޓީމްގެ އެތުލީޓުން ތަމްރީން ކުރުމުގައި 3 އަހަރު

މައިގަނޑު މަސައްކަތް:      ޗީފް ކޯޗް/ޓެކްނިކަލް ޑައިރެކްޓަރ/ނޭޝަނަލް ޕޫލްގެ ކޯޗުންގެ އިރުޝާދާ އެކު ނޭޝަނަލް ސީނިއަރ/ޖޫނިއަރ/ޔޫތު ޓީމްގެ ތަމްރީންތައް ކުރިޔަށް ގެންދިޔުން


މަގާމް:                ނޭޝަނަލް ޕޫލް އެސިސްޓަންޓް ކޯޗުން (އަތޮޅު/ސިޓީ)

ބޭނުންވާ ޢަދަދު:          4 (ކުޅުދުއްފުށި: 1، ތިނަދޫ: 1، ފުވައްމުލައް: 1، އައްޑޫ: 1،)

އެލަވަންސް:             5،000.00ރ

ފެންވަރު:               ދަށްވެގެން ވާލްޑް އެތުލެޓިކްސް ލެވެލް 1ގެ ސެޓްފިކެޓް

(ލެވެލް 2ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ)

ތަޖުރިބާ:               ނޭޝަނަލް ޖޫނިއަރ/ޔޫތު ޓީމްގެ އެތުލީޓުން ތަމްރީން ކުރުމުގައި 3 އަހަރު

މައިގަނޑު މަސައްކަތް:      ޗީފް ކޯޗް/ޓެކްނިކަލް ޑައިރެކްޓަރގެ އިރުޝާދާ އެކު ނޭޝަނަލް ޓީމްގެ ތަމްރީންތައް ރާވައި ހިންގުން

14 ޑިސެންބަރު 2025
ހޯދާ