ދިވެހިރާއްޖެ
01 ޑިސެމްބަރ 2025 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އައު ދައުރަކަށް އިންތިޙާބު ކުރެވުނު އެގްޒެކެޓިވް ކޮމިޓީގެ 01 ވަނަ ބައްދަލުވުމުގައި މިއެސޯސިއޭޝަންގެ އެކްސްކޯ ހިންގާ ކޮމިޓީގެ އެތްލީޓް މެމްބަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށާއި 15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހު އެތްލީޓް މެމްބަރުގެ މަޤާމަށް ފަރާތެއް ހޮވުމަށް އިންތިޙާބު ބޭއްވުމަށް ނިންމާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (BAM) ގެ އެކްސްކޯ ހިންގާ ކޮމިޓީގެ އެތްލީޓް މެމްބަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވި 8 ޑިސެމްބަރ 2025 ވީ ހޯމަ ދުވަހު ކުރެވުނު މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރ: BAM/IUL/2025/017 އާޢި އެއްގޮތަށް 13 ޑިސެމްބަރ 2025 ވީ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް މުއްދަތު ހަމަވިއިރު އިޢުލާނާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ އެތްލީޓް މެމްބަރުގެ މަޤާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ:
- 1. އަޙްމަދު އަދީމް ، މ.ނަޔާ / މެމްބަރޝިޕް ނަމްބަރ:1486
އަދި ދަންނަވަމެވެ، އެތްލީޓް މެމްބަރ ހޮވުމަށް ބޭއްވޭ އިންތިޙާބުގައި ބައިވެރިވެ ވޯޓުދިނުމަށް މި އެސޯށިއޭޝަންގެ ނަމްބަރ BAM/IUL/2024/15 އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ލިސްޓް ގައިވާ ފަރުދީ މެމްބަރުންގެ ތެރެއިން މި ޖަލްސާގައި ބައިވެރި ވުމަށް އެދި ފޯމް ހުށަހަޅާ ފައިވަނީ ފަރުދީ މެމްބަރުން (އަމިއްލަ މެމްބަރުން) ގެ ތެރެއިން ޖުމަލް 13 މެމްބަރުންނެވެ.
މި ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ އެކަން 14 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެސޯސިއޭޝަންގެ އީމެލް [email protected] އަށް ހުށަހެޅުން އެދެމެވެ.
