ދިވެހިރާއްޖެ
1- މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ހއ. އުލިގަމު ތަކުރު ހިޔާއަށް ބައެއް އިތުރުކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-MIM/245/2025/121 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.
2- މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2025 ޑިސެންބަރު 18ވަނަ ދުވަހުގެ 14:00ގެ ކުރިން ރަސްމީ ގަޑީގައި މި އިދާރާއަށް ހާޒިރުވެ ރަޖިސްޓްރީކުރުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްގެން ރަޖިސްޓްރީކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު:https://forms.office.com/r/s5ihiVz9Gq
3- މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 ޑިސެންބަރު 18ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލު ކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501013އަށް ގުޅުން އެދެމެވެ.
4- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 22ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
5- ބީލަން ފޮތާއި ކުރެހުންތައް، އަދި މަސައްކަތާ ގުޅޭ އެހެނިހެން މައުލޫމާތު މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.
