ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ދާރުލްއާސާރުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެބްޕޯޓަލް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދާރުލްއާސާރުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެބްޕޯޓަލް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  1. ދާރުލްއާސާރުގައި ހުރި އާސާރުތަކުގެ މަޢުލޫމާތު، 3ޑީ މޮޑެލް އަދި އެނިމޭޝަން ހޮސްޓް ކުރެވޭ ގޮތަށް ފަރުމާކުރެވިފައި ހުރުން.
  2. މިއުޒިއަމް އެޑިއުކޭޝަނަލް ޕްރޮގްރާމްތަކާއި އިވެންޓްތަކުގެ ޝެޑިއުލް ދައްކާލެވޭ ގޮތަށް ހުރުން.
  3. ވާރޑްޕްރެސް ސީއެމްއެސް ބޭނުންކޮށްގެން ދިވީ ފްރޭމްވަރކް ގައި ފްރަންޓް-އެންޑް ފަރުމާ ކުރެވޭ ގޮތަށް ހުރުން.
  4. ވާރޑްޕްރެސް ސީއެމްއެސް: www.wordpress.org
  5. ދިވީ ފްރޭމްވަރކް: www.elegantthemes.com (divi)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި ބީލަން ހުށަހަޅުއްވަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

ބީލަން ހުށައެޅުން

21 ޑިސެންބަރު 2025

(އާދިއްތަ)

11:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] ނުވަތަ 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޑިސެންބަރު 2025
ހޯދާ