ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ތަރިކައިގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެބްޕޯޓަލް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތަރިކައިގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެބްޕޯޓަލް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  1. މަލްޓިމީޑިޔާ (ވީޑިއޯ، އޯޑިއޯ، އެނިމޭޝަން) ޕަބްލިޝް ކުރެވޭގޮތަށް ހުރުން
  2. ޕީޑީއެފް އާއި ވީޑިއޯ އާއި އޯޑިއޯ އަޕްލޯޑް ކުރެވޭ ގޮތަށް ފަރުމާކުރުން
  3. ސައިން އިން ކޮށްގެން ވެބްސައިޓަށް އަޕްލޯޑްކޮށް ޑައުންލޯޑް ކުރެވޭ ގޮތަށް ފަރުމާކުރުން
  4. ވަރޑްޕްރެސް ސީއެމްއެސް ބޭނުންކޮށްގެން ދިވީ ފްރޭމްވަރކް ފްރަންޓް އެންޑް ފަރުމާ ކުރެވޭ ގޮތަށް އޮތުން
  5. ވާރޑްޕްރެސް ސީއެމްއެސް: www.wordpress.org
  6. ދިވީ ފްރޭމްވަރކް: www.elegantthemes.com (divi) 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި ބީލަން ހުށަހަޅުއްވަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

ބީލަން ހުށައެޅުން

21 ޑިސެންބަރު 2025

(އާދިއްތަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] ނުވަތަ 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޑިސެންބަރު 2025
ހޯދާ