ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
Tender Notice

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ޏ. ފުވައްމުލައް ފިހާރައަށް ބަސްތާއިން ގެންދެވޭ މުދާ ( ހަނޑޫ، ހަކުރު، ފުއް) ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ޏ. ފުވައްމުލައް ފިހާރައަށް ބަސްތާއިން ގެންދެވޭ މުދާ ( ހަނޑޫ، ހަކުރު، ފުއް) ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ

 

މަސައްކަތުގެ ވެރިފަރާތް:

 

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓްރީ ކުރާ

ފަރާތްތަކުގައި

ހުންނަންޖެހޭ ޝަރުތުތައް:

 

  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.
  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އަދި މީރާގައި ޑިބާރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

 

ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ލިޔެކިއުން:

  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ
  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ
  • ކުންފުނީގެ ހިންގާ ޤަވާއިދު
  • ކުންފުނީގެ އަސާސީ ޤަވާއިދު
  • ޖީ.އެސް.ޓީ ސެޓްފިކެޓް
  • ކުންފުނީގެ ޕްރޮފައިލް – އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕެނީ ޕްރޮފައިލް ޝީޓް
  • ބޭންކް ތަފްސީލު – ބޭންކް އެކައުންޓް ނަމްބަރާއި ނަން އެނގޭ ލިޔެކިއުމެއް

 

ރަޖިސްޓަރީ ކުރުން:

ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 18 ޑިސެމްބަރ 2025ވާ ބުދަ ދުވަހު 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

[email protected]

*ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3012496

އީމެއިލް: [email protected]

 

12 ޑިސެންބަރު 2025
ހޯދާ