މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުގައި ހިނގާ މީހުންނަށް ދަތިވާގޮތަށް ދުވާރުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމާއި، އެ މަގުގައި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް މަގުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމާއި ބެހޭ

ނަންބަރު: (IUL)303-IED/303/2025/82

އިއުލާން

މަގުގައި ހިނގާ މީހުންނަށް ދަތިވާގޮތަށް ދުވާރުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމާއި،

އެ މަގުގައި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް މަގުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމާއި ބެހޭ

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ޕ) ގެ ދަށުން ކައުންސިލުން  އެކުލަވައިލައިފައިވާ އާންމު އުނދަގުލާބެހޭ ގަވާއިދާ ޚިލާފަށް ރަށުގެ މަގުތަކުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާގޮތަށް އެކި ވައްތަރުގެ ތަކެތި ބަހައްޓަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ޕޭވްމަންޓް މަތީގައި އެޅިގައު ބެހެއްޓުމާއި، ޖޯލި ބެހެއްޓުމާއި، ވެލިގޯނި ޖެއްސުމާއި، ފިލައާއި ލަކުޑި ފަދަ ތަކެތީގެ އިތުރުންވެސް އެކިއެކި ބާވަތްތައް ބަހައްޓަމުން ދާކަން ފާހަގަކުރަމެވެ. އަދި ތާރު ނާޅައި ހުރި މަގުތަކުގެ ވަށާފާރު ބޭރު ކައިރީގައި ކޮޕީފަތް ފަދަ ގަސްތައް އިންދައި ހައްދަމުންދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިޤަވާއިދުގެ (ދ) ގެ ދަށުން އެކުލަވައިލައިފައިވާ، އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ އުސޫލުތައް ބަޔާންކުރުމަށް ހަދައިފައިވާ ޤަވާއިދުގެ ދަށުން، އާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތިކަމަށް ކައުންސިލަށް ފާހަގަ ކުރެވޭ ތަކެތީގެ ވެރިފަރާތް ހޯދާ އެތަކެތި ނެގުމަށް އެންގުމަށްފަހު، އެ މުއްދަތުގައި ނުނަގާ ތަކެތި މިކައުންސިލުން ނަގާނެ ވާހަކަ ދަންނަވަމެވެ. މިކަންކަމީ މީގެ ސަބަބުން މަގުމަގާއި ފަޅު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާކަމެކެވެ. އަދި މި ކައުންސިލްގެ ހުއްދަ ނުނަގައި މިގޮތަށް ގަސްއިންދުމާއި ތަކެތި ބެހެއްޓުމަކީ މަނާކަމެއްކަމުގައި އެންމެހައި ރައްޔިތުންނަށް ހަނދުމަފުޅުކޮށްއަރުވަމެވެ. އަދި މިގޮތަށް ތަކެތި ބެހެއްޓުމުން ރަށުގައި ދިރިއުޅޭ މުޅި މުޖުތަމުޢުއަށް މިކަމުގެ އުނދަގޫ ތަހައްމަލް ކުރަންޖެހުމަކީ ރަށުގެ ޢާންމު އިޖުތިމާއި ހަމަޖެހުމަށް އަސަރުކުރަމުންދާ ކަމެއްކަމުގައި މިކައުންސިލުން ދެކެމެވެ.

ވީމާ، މަގުގެ ހިނގާ ސަރަޙައްދުގައާއި މަގުތަކުގެ ޕޭވްމަންޓް މަތީގައި ބަހައްޓާފައިވާ އެންމެހައި ތަކެއްޗާއި މަގުމަގުގެ އަރިމަތީ އިންދާފައިވާ ގަސްތައް މި ހިނގާ ޑިސެންބަރު މަހުގެ މަހުގެ ނިޔަލަށް ނަގައި މަގުތައް ހުސްކުރުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި ނުނަގައި ހުންނަ ތަކެތި ނެގުމަށްޓަކައި މިކައުންސިލުން އަންގަންޖެހޭ ފަރާތްތަކަށް އަންގައިގެން އެތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

11 ޑިސެންބަރު 2025
ހޯދާ