ދިވެހިރާއްޖެ
ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން.
މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔަން ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ގއ.ދާންދޫ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރޭގައި
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 19 ޑިސެމްބަރ 2025 ވާ ހުކުރު ދުވަހުގެ 16:00 ގައި
ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަން
ނީލަން ކިޔަން ބޭނުންވާ ތަކެތީގެ ލިސްޓު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 22:00ގެ ކުރިން "ބަނޑޭރި ޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 20 ޑިސެމްބަރ 2025 ވަނަ ހޮނިހިރު ދުވަހުގެ 12:00ގެ ކުރިން ތަކެތި ގެންދަން ވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މިކޯޓުގެ ނަންބަރު 6820741 ފޯނަށް ގުޅުއްވުން އެދެމެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީއެއް ގެންނަށްވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޖުމާދުލްއާޚިރާ 1447
11 ޑިސެމްބަރ 2025
