އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ އައިޓީ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 ނަންބަރ: ASND/GA/IUL/2025/41


މިކުންފުނީގެ އައިޓީ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް 26 ނޮވެމްބަރ 2025 ގައި ކުރެވުނު އިޢުލާން  ނަމްބަރު ASND/GA/IUL/2025/37  އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.  މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް (TOR) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 15:00  ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ބީލަމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަ ނަމާއި، ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.

މި މަސައްކަތަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބޭއްވޭ ޕްރީ ބިޑް މީޓިންގ އެއް، 22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގައި މި ކުންފުނީގެ މައި އޮފީސް، ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ.

25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

11 ޑިސެންބަރު 2025
ހޯދާ