ދިވެހިރާއްޖެ
2026ވަނަ އަހަރަށް ދ.މީދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ
2026 ވަނަ ދިރާސީ އަހަރަށް ދ.މީދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން 25 ޑިސެމްބަރ 2025ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 9:00ން 12:00ގެ ނިޔަލަށެވެ. ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯރމް ޕްރީސްކޫލުން ލިބެން ހުންނާނެއެވެ. އަދި މިއިޢުލާނާއި އެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމުކުރެވިފައިވާނެއެވެ.
2026 ވަނަ ދިރާސީ އަހަރަށް މި ސްކޫލްގެ ބޭބީ ނާސަރީ، އަދި ނާސަރީއަށް ކުދިން ވެއްދުމާއި ، އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ބަދަލުކުރެވޭ އުމުރުފުރާ ތިރީގައި އެވަނީއެވެ.
|
ކުލާސް |
އުމުރުފުރާ |
|
ބޭބީ ނާސަރީ |
2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
|
ނާސަރީ |
2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
- ދަރިވަރުން ސްކޫލަށް ވައްދާނީ، ނިމުނު އަހަރު ޑިސެމްބަރ 31ށް އަހަރު ހަމަވެފައިވާ ކުދިންނަށް ކަމަށް ކަނޑައަޅާފައިވީނަމަވެސް، ހިނގާ އަހަރުގެ 31 މާރޗްގެ ނިޔަލަށް އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ އަދި ނާސަރީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.
ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ޕްރީސްކޫލް ޓީޗަރ ޝާރިދާ އާދަމް( 9964279) އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޑިސެމްބަރު 2025
