އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މާމިގިލީ ޒުވާނުންގެ 8 ވަނަ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ލައިވްކޮށްދޭނެ ފަރާތެއް ހޯދުން

2025 ޑިސެމްބަރ 25 ގައި ފެށުމަށް ހަމަޖެހިފައިވާ އދ. މާމިގިލީ ޒުވާނުންގެ 8 ވަނަ ފުޓްބޯޅަ މުބާރާތުގެ މެޗްތައް  މި ކައުންސިލްގެ އެފް. ބީ ޕޭޖްގައި ލައިވްކޮށްދީ އަދި މެޗް ތަކުގެ ފޮޓޯ ނަގައިދޭނޭ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

އަންދާޒާކުރެވޭ މުއްދަތު:

މުއްދަތު: 15 ދުވަސް  ( 2025 ޑިސެމްބަރ 25 ން 2026 ޖަނަވަރީ 08  އާ ދެމެދު )

މެޗްގެ ޢަދަދު : 12 (ބާރަ)

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025  ޑިސެންބަރ 18 ވަނަ ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތް ތަކުގެ އަންދާސީ ހިސާބު ބަލައި ގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2025 ޑިސެންބަރ 15 ން 2025 ޑިސެންބަރ 18 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 ން 12:30 އާއި ދެމެދު އދ. މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ   -/100ރ (ސަތޭކަ ރުފިޔާ) އެވެ.  ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  2025 ޑިސެންބަރ 23 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

އިތުރުމަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ [email protected]  މެއިލްއަށް ފޮނުވުން އެދެމެވެ . ނުވަތަ 7711722 ނަންބަރު ފޯނާއި ގުޅުމުން މަޢުލޫތު ސާފުކޮށްދެވޭނެ އެވެ.

20 ޖުމާދަލްއާޚިރް 1447   

11 ޑިސެންބަރު 2025
ހޯދާ