ދިވެހިރާއްޖެ
(IUL)297-PS/297/2025/82ނަންބަރު
އިޢުލާން
މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
1 ޖަނަވަރީ 2026 ން 31 ޑިސެންބަރު 2026ގެ ނިޔަލަށް މިއިދާރާއާއި މިއިދާރާގެ ދަށުން ހިންގާ ތަންތަނުގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ، އިދާރީގޮތުން ކުރާމަސައްކަތްތައް ކުރަމުންދާއިރު ދިމާވާ އިންފޮމޭޝަން، ޓެކްނޮލޮޖީ އަދި ކޮމިއުނިކޭޝަންސް އާއި ގުޅުން ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މި އިޢުލާނާއެކުގައިވާ މައުލޫމާތާއި، އަގު ހުށަހަޅާ ފޯމު ބެއްލެވުމަށްފަހު 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އެދި ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
