ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އާރޓްސް
1- އެޑްވާންސްޑް ސެޓްފިކެޓް އިން އަރަބިކް ލޭންގުވިޖް (ފުލްޓައިމް) - ކ. މާލެ
ފެކަލްޓީ އޮފް ހެލްތް ސައިންސަސް
2- މާސްޓަރ އޮފް ސައިންސް އިން ޕަބްލިކް ހެލްތު (ފުލްޓައިމް ބްލެންޑެޑް) - ކ. މާލެ
3- މާސްޓަރ އޮފް ރިސަރޗް އިން ޕަބްލިކް ހެލްތު (ފުލްޓައިމް ބްލެންޑެޑް) - ކ. މާލެ
ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
4- ބެޗްލަރ އޮފް އާރޓްސް އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް (ފުލްޓައިމް ބްލެންޑެޑް) - ކ. މާލެ
5- ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް (ފުލްޓައިމް ބްލެންޑެޑް) - ކ. މާލެ / ސ. ހިތަދޫ / ހދ. ކުޅުދުއްފުށި
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2026 - Term 1
20 ޖުމާދަލްއާޚިރާ 1447
