ދިވެހިރާއްޖެ
(IUL)297-PS/297/2025/83ނަންބަރު
އިޢުލާން
މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
01 ޖަނަވަރީ 2026 ން 31 ޑިސެންބަރު 2026ގެ ނިޔަލަށް ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ރާވާ ހިންގާ އިވެންޓްތަކުގެ ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޕޯސްޓަރ ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު2014/19) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މި އިޢުލާނާއެކުގައިވާ މައުލޫމާތާއި، އަގު ހުށަހަޅާ ފޯމު ބެއްލެވުމަށްފަހު 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
