ދިވެހިރާއްޖެ
އިޢުލާނު
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މަސް ރޭސް
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަށުފެންވަރުގައި މަސްރޭހެއް ބޭއްވުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޑިސެންބަރު 20 ވާ ހޮނިހިރު ދުވަހުއެވެ. މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމް 2025 ޑިސެމްބަރ 11 ވަނަ ދުވަހުން ފެށިގެން މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު، 2025 ޑިސެންބަރު 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.
