ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުރިނބީ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 2026
2026 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލުގެ ސެކިއުރިޓި ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިޔުމަންޓުގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 11 ން 2025 ޑިސެމްބަރ 18 ގެ ނިޔަލަށް ބީލަން ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ދެންނެވީމެވެ. ބީލަން ރަޖިސްޓްރީ ފޯމް މިއިޢުލާންއާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮކިޔުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- މިޕޮރޮކިޔުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުރިނބީ ސްކޫލް
އަމީނީމަގު/ހދ.ކުރިނބި، ދިވެހިރާއްޖެ
އީމެއިލް: [email protected]
11 ޑިސެންބަރު 2025
ހޯދާ
