މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ފިނި މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

 

ކުޑަކުދިންގެ ފިނި މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

ރ.އަލިފުށި ކުޑަކުދިންގެ ފިނި މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކުގެ ކުރިން ބިޑުފޮތް ގަނެ މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑު ގަތުން:

 

2025 ޑިސެމްބަރ 14 އިން 2025 ޑިސެމްބަރ 20 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށް އަލިފުށި ކައުންސިލް އިދާރާއިން ބިޑްފޮތް ގަންނަން ލިބޭނެއެވެ. ނުވަތަ އަލިފުށި ކައުންސިލްގެ އެކައުންޓު ނަންބަރު 7717700396001 (1339 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރައްވައި، ޓްރާންސްފަރ ސްލިޕް (ކުންފުނީގެ ނަން، ކުންފުނީގެ ރަޖިސްޓްރީ ނަންބަރު، ފައިސާގެ ތަފްސީލް އަދި ކޮންޓެކްޓް ނަންބަރު) ހިމަނުއްވާ [email protected] އަށް މެއިލް ކުރެއްވުމުން ބިޑް ޑޮކިއުމަންޓް ފޮނުވައިދެވޭނެއެވެ.

ބިޑުފޮތުގެ އަގަކީ -/1000 ރުފިޔާއެވެ.

މަޢުލޫމާތު ސާފުކުރުން:

2025 ޑިސެމްބަރ 21 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހެޅުން:

2025 ޑިސެމްބަރ 28 ވާ އާދިއްތަ ދުވަހުގެ 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި

 

އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

21 ޖުމާދަލްއާޚިރާ 1447

11 ޑިސެމްބަރ  2025

11 ޑިސެންބަރު 2025
ހޯދާ