އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

                  1 ޖެނުއަރީ 2026 އިން 31 ޑިސެންބަރު 2026 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.

                  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވެ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

ބީލަމުގައި ރަޖިސްޓްރީވުން

މަޢުލޫމާތު ސާފުކުރުމަށް

ބިޑް ހުށަހެޅުން

ލިންކް:

https://forms.gle/yaTWH1jDPiqsKUo17

ގުޅޭނެ ނަންބަރު: 6680024

އީމެއިލް އެޑްރެސް: [email protected]

ތާރީޚް:

22 ޑިސެންބަރު 2025

ތާރީޚާއި ސުންގަޑި: މިބީލަމުގައި ރަޖިސްޓްރީ ކުރުމަށް  11 ޑިސެންބަރު އިން ފެށިގެން 17 ޑިސެންބަރު 2025 ގެ 14:00 ގެ ނިޔަލަށް.

ތާރީޚް: 18 ޑިސެންބަރު 2025

ތަން އަދި ސުންގަޑި: 

އދ.އަތޮޅު ތަޢުލީމީ މަރުކަޒު

13:00

 

                  މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  ބީލަން ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި  "ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށް އެދި"  މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6680024 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 ޑިސެންބަރު 2025
ހޯދާ