ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2025/96(IUL)
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
1447 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު "މަސްޖިދުލް މުއްތަޤީން" އާއި "މަސްޖިދުލް ޙަޟާރަތު" 2 މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ބޭނުންވާ 2 ޙާފިޡުން ގެނެސްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު 331/331/2025/89(IUL) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މިދެންނެވި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަދި ރަޖިސްޓްރީވެގެން ހިންގާ ކްލަބް، ޖަމްޢިއްޔާ ތަކަށެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ޑިސެމްބަރ 22 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
