ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

1447  ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް އިޚްލާޞް އަދި ކުރީގެ ހުކުރު މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ 02 ޙާފިޡުން މި ކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  21 ޑިސެންބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކަން ކުރެވިދާނެ އަގު (ކޯޓޭޝަން) މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި  މިކަމަށް އީމެއިލް މެދުވެރިކޮށްވެސް ކޯޓޭޝަން ހުށަހެޅުއްވުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާނީ ([email protected]) އަށެވެ.  މިކަމާގުޅޭ ގޮތުން  އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520046 ފޯނާއި ގުޅުއްވާ އެމަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ހުށަހަޅުއްވާ ކޯޓޭޝަންގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

1.    ޙާފިޡުންގެ ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި، އެބުރި ޤައުމަށް ފޮނުވުމުގެ ޚަރަދު)

2.     މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދާއި އަދި ރަށަށް ފޮނުވުމާއި އެބުރި މާލެ ދިއުމުގެ ޚަރަދު

3.     ވިސާ ފީ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރުން.

4.  ހާފިޡުންނަށް ދޭ އެލަވެންސް އަދި އެހެނިހެން އިނާޔަތްތަކުގެ ތަފްޞީލް

4.     ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރު، އައިޑީކާޑު ކޮޕީ، (ކުންފުންޏެއްނަމަ ރަޖިސްޓްރީ ކޮޕީ)

5.     ތަޖުރިބާ ލިޔުން އޮތްނަމަ އެފަދަ ލިޔުންތަކުގެ ކޮޕީ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޑިސެންބަރު 2025
ހޯދާ