ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ ކަންކަން އިންތިޒާމް ކުރުން

"ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވެފައިވާ ހއ. ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ފުޓްސަލްޓީމު މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލްކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކާއި ،ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށެވެ. މި އިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމާއި، ބީލަންހުށަހަޅާ ފޯމް އަދި އަގު ހުށަހަޅާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

14 ޑިސެމްބަރު 2025

އާދިއްތަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި

16 ޑިސެމްބަރު 2025

އަންގާރަ

10:30

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6500019 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ޑިސެންބަރު 2025
ހޯދާ