ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަލާމް މިސްކިތުގައި ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ސަލާމް މިސްކިތުގެ އެތެރޭގައި ތަޅުން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ސަލާމް މިސްކިތުގެ އެތެރޭގައި ތަޅުން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބްސައިޓާއި، ފޭސްބުކްޕޭޖުގެ އިތުރުން ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2025 ޑިސެންބަރު 10 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ވެބްސައިޓުން :www.fncl.gov.mv  ޑައުންލޯޑު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ސަލާމް މިސްކިތުގެ އެތެރޭގައި ތަޅުންއެޅުމުގެ  މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 ޑިސެންބަރު  2025

10 ޑިސެންބަރު 2025
ހޯދާ