މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބާރަށު ފުޓްސަލްދަނޑު މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
ޢިއުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ތިލަދުންމަތީ އުތުރުބުރީ ބާރަށު ފުޓްސަލްދަނޑު މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް "ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 14 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހު ބީލަމާއި ގުޅޭ މައުލޫމާތުތަށް ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/fQUshdLPb4vqd6H48
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ.
10 ޑިސެންބަރު 2025
ހޯދާ
