ދިވެހިރާއްޖެ
2026 ވަނަ އަހަރު ލަންދޫ ޕްރީސްކޫލްގެ ބޭބީނާސަރީ އަދި ނާސަރީ މިދެކުލާހަށް އަލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. މިގޮތުން ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއި އެއް ސުކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތް ތިރީގައި އެވަނީއެވެ.
|
ގްރޭޑް |
2026 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް |
|
ބޭބީ ނާސަރީ |
2025 ޑިސެމްބަރު 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރުން |
|
ނާސަރީ |
2025 ޑިސެމްބަރު 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރުން |
- އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައިއެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
- 2026 ވަނަ އަހަރުން ފެށިގެން ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ، ފާއިތުވާ އަހަރުގެ 31 ޑިސެމްބަރަށެވެ. ނަމަވެސް ބެލެނިވެރިޔާ އެދިއްޖެނަމަ 2026 ވަނަ އަހަރުގެ ޖަނަވަރީ 31 ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުޞަތު ލިބޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 31 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ރަސްމީ ގަޑިތަކުގައި ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
