މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިންޝުއަރެންސް އެކްޓް އަދި ނެޝަނަލް ޕޭމަންޓް ސިސްޓަމް އެކްޓަށް ގެނައި ފުރަތަމަ ބަދަލުގެ ޓްރާންސްލޭޝަން މަސައްކަތް ކޮށްދިނުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، އޮތޯރިޓީގެ އިންޝުއަރެންސް އެކްޓް އަދި ނެޝަނަލް ޕޭމަންޓް ސިސްޓަމް އެކްޓަށް ގެނެވުނު ފުރަތަމަ ބަދަލުގެ ޓްރާންސްލޭޝަން މަސައްކަތް ކޮށްދޭނެ ލޯޔަރެއް ހޯދަންބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްޞީލް މަޢުލޫމާތު (ނަން، މަޤާމް، އީމެއިލް އަދި ފޯނު ނަންބަރު) އިނގޭނެ ގޮތަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ފަހު، ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާ އެއް ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ލައިސަންސްޑް ލޯޔަރ ނުވަތަ ލޯ ފާމަކަށެވެ. އަދި އެ ލީގަލް ޕްރެކްޓިސް ނުވަތަ ލޯ ފާމް ވާން ވާނީ ބާ ކައުންސިލް އޮފް ދަ މޯލްޑިވްސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓަރ ވެފައިވާ ފަރާތަކަށެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

15 ޑިސެންބަރު 2025

ހޯމަ

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

17 ޑިސެންބަރު 2025

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

22 ޑިސެންބަރު 2025

ހޯމަ

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރް.އެފް.ޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

10 ޑިސެންބަރު 2025
ހޯދާ